ކޮވިޑް-19 ޖެހުނު 48 މީހުން އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 4 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިއްޔެ 7574 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 2349 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1325 މީހަކާއި، އަތޮޅުތެރެއިން 681 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 54 މީހެކެވެ.

އެޗްޕީއޭ ބުނީ އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ބަލިމީހުންގެ ތެރެއިން 37 މީހަކު ތިބީ ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭއިރު އޭގެ ތެރެއިން 7 މީހަކު އައިސީޔޫގައި ފަރުވާދެމުން އަންނައިރު 4 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 16 ގައި ނުވަ މީހަކަށް ފަރުވާދެމުން އަންނައިރު، އައްޑޫ ކޮވިޑް ފެސިލިޓީ އެކަކަށް އަދި ބ. އަތޮޅު ކޮޮވިޑް ފެސިލިޓީގައި ވެސް އެކަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 686 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފައެވެ.