ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމާ ސާވިސްގެ ބައެއް ހިދުމަތްތައް ދިނުމުގައި މިދުވަސްކޮޅު ލަސްވެދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ އެޗްޕީއޭ އިން އަންގާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތުގެ މަހާއުލުގެ ކަންކަން ހަމަޖެއްސުމަށް މި ވަގުތު ވަނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތުު ބީއެމްއެލްގެ ބައެއް ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ހުރެދާނެ ކަމަށާއި އަދި އެކަންކަން ހައްލުކޮށް ފަސޭހަ ކަމާއި އަވަސްކަމާއެކު ހިދުމަތް ދިނުމަށް މަސައްކަތް ފަށަފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
އެގޮތުން މި ވަގުތު ކޯލް ވެއިޓިން ވަގުތު، ވެބް ޗެޓް އަދި ސޯޝަލް މީޑިއާ ސަޕޯޓްގެ ކިއުގައި އާންމުކޮށް ތިބެންޖެހޭ ވަރަށް ވުރެ ގިނަ ވަގުތު ތިބެން ޖެހިދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަދި އެކަންކަން ހައްލުކޮށް ކަސްޓަމަރުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށް ދޭނެ ކަމަށާއި މިފަދަ ވަގުތުތަކުގައި ކަސްޓަމަރުން ދޭ އެއްބާރުލުމާއި ކެތްތެރިކަމާއެކު ތިބަެތީ އެކަން ފާހަގަ ކޮށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ވަގުތު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ ކޮވިޑުން ރައްކާތެރިވުމަށް މަސައްކަތުގެ މާހައުލުގައި މިހާރު އަންނަނީ އެޗްޕީއޭ އިން އަންގާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުންނެވެ. މި ވަގުތު ކޭސްތައް އިތުރުވަމުން އަންނާތީ ބަލީގެ އަލާމަތް ހުންނަ ފަރާތްތައް ގޭގައި މަޑުކުރުމަށް އެޗްޕީޢޭއިން ވަނީ އަންގާފައެވެ. އަދި މާސްކް ރަނގަޅަށް އެޅުމާއި ގަދުރުކަން ދެމެހެއްޓުމަށާއި ގިނަގިނައިން ނއަތް ދިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެވެ. އަޅުގަނޑުމެން ނަށް ވީއެންމެ އަވަހަކަށް ތިޔަބޭފުޅުންގެ ކައިރިއަށް އައުމަށްޓަކައި އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ކެތްތެރިކަމަށް ޝުކުރިއްޔާ!