ހދ. ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި މިރޭ ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިވަގުތު އެއާޕޯޓުގެ ފަޔާ ޓީމް އިން ރަންވޭމަތީގައި އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ރޯވި އަލިފާންގަނޑު މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 ހާއިރު ފުރަން ތައްޔާރުވެފައި އޮތް ޕްލައިޓެއްގައި މީހުން ޕްލައިޓަށް އެރުމަށް ދާންދަނިކޮށެވެ.

މިހާދިސާގައި މީހަކަށް ގެއްލުން ވެފައި ނުވި ނަމަވެސް ބޯޓުގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފައިވާ ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތުދިން މަސްދަރަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ބަހެއް ލިބޭ ގޮތް އަދިވަނީ ނުވެފައެވެ.