"އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުން އެޑިއުކޭޝަން މިނިސްޓްރީން ކުށްވެރި ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެ ތިބެ ހިންގަމުން ގެންދާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވާ ކަމަށެވެ.
އެގޮތުން ނ. އަތޮޅުގައި ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަހައްދުގައި ހަރުކޮށްފައި ވާ ކަމަށާއި ށ. ފުނަދޫގައި ކުރިއަށްގެން ދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަން ވެއްޖެ ކަމަށް ބުނެ ވާހަކަ ދެއްކިތާ މާ ގިނައިރުތަކެއް ނުވެ، ފުނަދޫ ސްކޫލް ފާރުގެ ބޭރުގައި ވަނީ "އިންޑިއަން-އައުޓް" މިހެން ލިޔެފައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މިކަންކަން ސީދާ ޓާގެޓް ކުރެވެނީ އެ ތަންތަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ކަން ފާހަގަ ކުރެވޭ ކަމަށާއި ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓިޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށް ވެފައި ސްކޫލް ސަރަހައްދު ތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި އެ ފަރާތްތަކަށް އެ ތަންތަނުގައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ފަރާތްތަކުން ސްކޫލްތަކުގައި އެދެމުންދާ ކަމަށް އޭޑިއުކޭޝަނުން ބުނެއެވެ.
ބިދޭސީ ޓީޗަރުން ހޯދުމަކި ދަތި ކަމަށް ވާއިރު، އަދި ބިދޭސީ ޓީޗަރުން ހޯދަނީ އެ މަގާމަށް ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައި ދިނުމަށް ކަމަށް ވުމުން މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ މިނިސްޓްރީޏް ބުނެއެވެ. ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުނގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ އެޑިއުކޭޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ރާއްޖޭގެ ސްކޫލް ތަކުގެ ޓީޗަރުންނަކީ އެއީ %100 ދިވެހި ޓީޗަރުންނަށް ހަދަން އެބަޖެހޭ ދިވެހި ޓީޗަރުންގެ މުސާރަ ބޮޑުކުރާށޭ އަދި ސިޔާސީ މަގާމް ތައް މަދުކުރާށޭ މިސަރުކާރުގައި ސިޔާސީ މަގާމް ތަކުގައި 15 ހާސް މީހުން ތިބެެން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އެމެން ބޭރުކޮށް އެމުސާރަ ދިވެހި ޓީޗަރުންނަށް މީހަކަށް މަހަކު 50 ހާސް ރުފިޔާ މުސާރަ ދޭށޭ އަދި މާލެ ސަރަހައްދުން ދިވެހި ޓީޗަރުންނަށް ހިލޭ ހުޅުމާލޭން ބިން ދީ އަދި ބީއެމްއެލް އިން ލޯން ދީ ސަރުކާރުން ގެރެންޓީ ލޯނަށް ދޭންވީއޭ