އދ. މަންދޫ ކައިރިން ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ މަންދޫ ކައިރީ އޮތް ފަރަކަށް ޑައިވް ކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިން ތަކެއްގެ ތެރެއިން އެއް ފަތުރުވެރިއަކު ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެދ ދޯނިގައި ދިޔަ ފަތުރުވެރިން ޑައިވިންއަށް ފޭބީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނައާ އެކު އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ނަމަވެސް ގެއްލުނީ އެމީހާ އެކަނި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލުނު ފަތުރުވެރިއާ ބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އަދިވެސް ކޯސްޓްގާޑުން ދަނީ ފަތުރުވެރިއާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިންވެސް ޑައިވިންއާ ދާ ފަތުރުވެރިން ގެއްލިފައިވާ ހާދިސާތައް ވަނީ ހިނގާފައެވެ.