ކަންފަތު ތެރޭގައި އެއްޗެއް ގުޑާތީ، އެއީ ފެން އެޅިފައި ހުރުމުގެ ސަބަބުން ވާ ގޮތެއް ކަމަށް ނިންމައިގެން ހުރި ނިއުޒީލަންޑްގެ މީހެއްގެ ކަންފަތުން، ކުރައްޕެއް ނަގައިފިއެވެ.

މި ހާދިސާ ކުރިމަތިވީ ނިއުޒީލަންޑް މީހެއް ކަމަށް ވާ ޒޭން ވެޑިންގްއަށެވެ. މިކަމެއް ފެށުނީ ހެނދުނުގެ ވަގުތުގައި ޕޫލްއެއްގައި ފަތާލުމަށްފަހު، ސޯފާގައި އޮށޯވެ އޮއްވާ ނިދުނު ހިސާބުންނެވެ. ވެޑިންގްއަށް ނިދިން ހޭލެވުނީ، ކަންފަތް ބެދި، އާދަޔާ ހިލާފު އިހުސާސްތަކެއް ކުރެވެން ފެށުމުންނެވެ.

ކަންފަތަށް އުނދަގޫތަކެއް ވާން ފެށުމުން ޑޮކްޓަރަށް ގޮސް، އެހީ ހޯދިއެވެ. އަދި ސިރިންޖަކުން ފެން ޖަހާ، އެންޓިބައޮޓިކްސްވެ ލިޔެދިނެވެ. އަދި އެ ކަންފަތާ ދިމާލުން ބްލޯޑްރައި ކުރަންވެސް ޑޮކްޓަރު އިރުޝާދު ދިނެވެ. އިތުރު ގުޑުމެއް އިހުސާސް ވާ ނަމަ، އަލުން ޑޮކްޓަރަށް ދެއްކުމަށްވެސް އެނގިއެވެ.

ޒޭން ބުނި ގޮތުގައި އެ ކަންފަތަށް އަޑު އިވުން ހުއްޓުނެވެ. އަދި ނިދިން މަހްރޫމްވިއެވެ.

ކެތް ނުވާ ވަރު ވުމުން ކަންފަތުގެ ޑޮކްޓަރެއްގެ އެހީ ހޯދިއެވެ. އަދި އޭނާގެ ކަންފަތުގައި ސޫތްޕެއް އޮތްކަން ދެނެގަތެވެ. ވަކި އާލާތްތަކެއް ބޭނުން ކޮށްގެން، ވެޑިންގްގެ ކަންފަތުން ކުރެފި ނެގިއެވެ. އެއީ، އެ ކުރެފި، އޭނާގެ ކަންފަތަށް ވައިންތާ 3 ދުވަސް ފަހުންނެވެ.