ރ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ރ. މާށިގިރި އިން ގްރެނޭޑެއް ފެނިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ރ. މާށިގިރިން ގްރެނޭޑެއް ފެނިފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ދަތުރު ދިޔަަ ބަޔަކަށެވެ. އެ ރަށުން އެ ގްރޭނެޑް ފެނުމުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ފުލުހުން ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 10 ދުވަސް ފާއިތުވީ އިރު އަދިވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އިތުރު މައުލޫމާތި މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ގޮވާ ތަކެތީގެ ބާވަތެއް ފަޅު ރަށަކުން ފެނިފައިވާ އިރު، މާލޭ ސަރަހއްދުގައި ފުލުހުންނާއި ސިފައިން ގުޅިގެން އމިހާރު ވެސް އަންނަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނަކީ ޓެރަރިޒަމް ހަމަލާއެއް ދީފާނެތީ ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ.
އެމްއެންޑީއެފުން އެ އޮޕަރޭޝަންގެ ވާހަކަތައް އާއްމުކުރިތާ މާގިނައިރެއް ނުވެ މާލޭގެ ބައެއް ސަރަހައްދު ތަކުގަައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ ތަން އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް ތަނެއް ފާސްކޮށް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.