ލޯބީގައި މީހުން ދީވާނާ ވެސް ވެއެވެ. ޝީރީން އާއި ފަރުހާދު، ލައިލާއާއި މަޖުނޫން ގެ ވާހަކަތަކަކީ ތާރީހުގެ ތެރެއިން ލޯބީގެ އެތައް ވާހަކައެކެވެ. އެހެންނަމަވެސް މިފަހަރުގެ ވާހަކަ ފުރައި ދިނީ ލޯބީގެ އެހެން ސޮފުހާއެވެ. އައިޖީއެމްއެޗްގެ ޑައިލަސިސް ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރާ ގުޅިގެން، މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ފުރަތަމަ އިވިގެން ދިޔައީ، އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް ހަގީގަތް ހާމަވީ، އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ ފިރިމީހާ، މާވިން އެސް ވައި ވާގަސް، 30 އަށް ތުހުމަތުތަކެއް ކޮށް އޭނާ ހައްޔަރު ކުރި ހިސާބުންނެވެ. އެއަށް ވުރެ ބޮޑު އިތުރު ހައިރާން ކަމެއް ގެނުވީ، އެ މަރުގައި މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން، 24 އަހަރު ބައިވެރިވުން އޮތްކަން އެނގި އޭނާވެސް ހައްޔަރު ކުރުމުންނެވެ.
ދައުވާތަކާއި އަދަބު
މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް އަދިވެސް ހުރި އިރު އެ މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިން، މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކޮށްފައި ވާއިރު، މިދިޔަ ޑިސެންބަރު 16 ވަނަ ދުވަހު މާވިންގެ ދިވެހި ލޯބިވެރިޔާ، ލަމްހާ ވަނީ ހައްޔަރު ކޮށްފައެވެ. އަދި އިއްޔެ އެ ދެ މީހުންގެ މައްޗަށް ޕީޖީއިން ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި މޭރީގެ ބޮލާއި ކަރަށް ހަމަލާ ދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލާފައި ވާއިރު، މޭރީ މަރާލުމުގައި އެހީތެރިވެދީ، އޭނާ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް މަގުފަހިކޮށްދީފައި ވާތީ ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މާވިންގެ މައްޗަށް އުފުލާފައިވާ މީހަކު މެރުމުގެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރަަށް ޖަލަށް ލުމެވެ. ލަމްހާގެ މައްޗަށް އުފުލާފައިވާ ބޮޑު 3 ދައުވާގެ އަސާސީ އަދަބަކީ 6 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
މޭރީ މަރާލި ދުވަސް
މީގެ އަހަރުތަކެއް ކުރިން ފެށިގެން އައިޖީއެމްއެޗްގައި މޭރީގެ ދެމަފިރިން މަސައްކަތް ކުރަމުން ދިޔަ އިރު އެ މީހުންގެ 5 އަހަރުގެ އަންހެން ދަރިއެއްވެސް ހުރެއެވެ.
ދެމަފިރިންގެ ދަރިއަކު ހުރުމާއެކު ޑިއުޓީތައް ނަގަމުން ދިޔައީ، އެ ކުއްޖާގެ ކަންކަމަށް ބުރޫ ނާރާނެހެން ބަހާލައިގެންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހަކީ މޭރީގެ ޑިއުޓީ ހެނދުނު އޮތް ދުވަހެކެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން މޭރީ މަރާލައިފާ ވަނީ އެ ދުވަހު ޑިއުޓީގައި އުޅެފައި އޭނާ ބްރޭކަށް ދިޔަ ގަޑީގައެވެ. އަދި އެ ދުވަހު މޭރީ ބްރޭކަށް ގެއަށް ދިއައީ މެންދުރު 12 އިން މެންދުރުފަހު 1 އަށް، އެއްގަޑިއިރަށް ކަމަަށްވެސް ވަނީ އެނގިފައެވެ. މެރީގެ މަރުގެ ހާދިސާ ހިނގައިފާ ވަނީ އެ ދުވަހު މެންދުރު 12 އިން 12:49 އާ ދޭތެރޭގެ ވަގުތެއްގައި ކަމަށް ޕީޖީއިން ވެސް ވަނީ ބުނެފައެވެ. އަދި އެ ވަގުތު އެ ދެމީހުންގެ ދަރިފުޅު، ލަމްހާ ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައި ވާއިރު މޭރީ މަރާލައިފައި ވަނީ އެ ދެމަފިރިން އުޅެމުން ދިޔަ މއ. އުދުހޭ ކޮކާގޭގެ ފުރަތަމަ ފަނގިފިލާގައެވެ.
އެ ދުވަހު އަޑުތައް ފެތުރުނީ މޭރީ މަރުވީ ދަންޖެހިގެން ކަމަށެވެ. އެ ހަބަރާއެކު އޭނާ ދަންނަ އެންމެންގެ ހިތުގައިވެސް އެތައް ސުވާލެއް އުފެދުނު އިރު، އޭނާއާއެކު މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އެއީ ގަބޫލު ކުރެވޭ ވާހަކައަކަށް ނުވިއެވެ. ސަބަބަކީ ދަންޖެހުމުގެ ވިސްނުން ހުރި މީހެއްގެ އުޅުމަށް ބަދަލުތަކެއް އަންނާނެތީ އާއި ނަމަވެސް އެހެން ދުވަސް ދުވަހާ އަޅާ ބަލާއިރު، މޭރީގެ ފަރާތުން އެ ތަފާތު ނުފެނުނީތީއެވެ. އަދި އޭނާ ދަންޖެހެންވީ ސަބަބެއްވެސް އެ މީހުންނަށް ނުވިސްނުނީތީއެވެ.
މޭރީ އާއި މާވިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަން ގިނަ ބަޔަކަށް ފާހަގަވެފައި ނުވާއިރު، އެއްދުވަހަކު ލަމްހާގެ ފޯނަށް މޭރީ ގުޅި ކަމަށާއި އޭގެ ފަހުން އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށްވެސް މައުލޫމާތު ލިބުނެވެ. އަދި މޭރީ މަރުވި ދުވަހު އޭނާ ބްރޭކަށް ދިއުމުގެ ކުރިން ލަމްހާ މޭރީއަށް "ގުޑްބައި" ޖަހާފައި މެސެޖެއްވެސް ކުރި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މޭރީ ދަން ޖެހިފައި ހުއްޓާ ފެނުނީ އެ މީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ދޮރުފޮތިގަނޑު އަޅުވާފައި ހުރި އާދައިގެ ރެއިލިންއެއްގައި ކަމަށް މާވިން ބުނި ނަމަވެސް އެއީ ބޮޑުމީހަކު ދަންޖެހޭ ވަރުގެ ބަރުދަނެއް ހިފެހެއްޓޭ ވަރުގެ އެއްޗެއް ނޫން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މޭރީ ދަންޖެހިގެން މަރުވި ހަބަރު މާވިން އައިޖީއެމްއެޗް އަށް އެންގުމުން އޭނާގެ ހަށިގަނޑު ފިލިޕީންސަށް ގެންދިއުމަށް ގިނަ ހަރަދުތަކެއް ހިނގާނެތީ އައިޖީއެމްއެޗްގެ އީއާރުގެ މުވައްޒަފުން އެ މީހަކަށް ދެވުނު އެހީއެއް ވަނީ މާވިންއަށް ދީފައެވެ. އެގޮތުން އެ މުވައްޒަފުން 20،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ މާވިން އަށް ދިނެވެ.
މޭރީގެ ހަށިގަނޑާއި، އެ ފައިސާ ހިފައިގެން ފިލަން މާވިން މަސައްކަތްކޮށް އޭނާއާއި ލަމްހާ އަދި ދަރިފުޅުގެ ޕާސްޕޯޓު ވެސް އިމިގްރޭޝަނަށް ހުށައެޅި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުރުމުގެ ކަންކަން ހަމަޖެހުމުގެ ކުރިން މޭރީގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބަލައި މާވިންގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކުރީއެވެ.
މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔުން
އައިޖީއެމްއެޗަށް މޭރީ ގެންދިޔައިރުވެސް އޭނާ ދަންޖެހިގެން މަރުވި ކަމުގެ ނިޝާނެއް ފެންނަން ނެތް އިރު އޭނާގެ ކޮނޑު ކަށިގަނޑު ކައިރި ނޫފައިގަންފައި ވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ވެފައެވެ.
އައިޖީއެމްއެޗަށް މޭރީގެ ހަށިގަނޑު ގެންދިޔައިރުވެސް މާވިން ހުރީ ތެމި ފޯވެފައި ކަމަށާއި އޭގެ އިރުކޮޅެއްގެ ފަހުން އޭނާ ގެއަށް ދިޔަ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެ ވަގުތަކީ ވިއްސާރަ ވެހުނު ވަގުތެއް ނޫން ކަމަށާއި މާވިން ގެއަށް ގޮސް އެނބުރި ހޮސްޕިޓަލަށް ދިޔަ އިރުވެސް ހުރީ އެހެން ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރަކުން ވަނީ ބުނެފައެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނުމުން، މާވިން އަށް ކުރާ އިތުބާރަކުން ފުރަތަމަ ޑޮކްޓަރުން ނިންމީ މޭރީ މަރުވީ ހަމަ އެހެން ކަމަށެވެ.
އެކަން ހިނގާ ދިޔަ އިރު ލަމްހާ ހުރީ ޑިއުޓީއެއްގައި ނޫނެވެ. ނަމަވެސް އެކަން ހިނގިކަން މީހުންނަށް އެނގުމުގެ މާ ކުރިން، އަދި ޑިއުޓީ ގަޑިވެސް ނުޖެހެނީސް، ލަމްހާ އައިޖީއެމްއެޗްގެ އީއާރަށް ދިޔަކަން ވެސް ވަނީ އެނގިފައެވެ. އަދި މާ އަވަހަށް ޑިއުޓީއަށް ނުކުތުމުން، އެ ވަގުތު ޑިއުޓީގައި ތިބި އެހެން ބައެއް ނަރުހުން އޭނާއާ އެ ސުވާލު ވެސް ކުރިއެވެ. އެހެންނަމަވެސް ލަމްހާ އެއަކަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.
އޭގެ މާގިނަ އިރެއް ނުވެ އެ ހަބަރު ފެތުރި މޭރީ އައިޖީއެމްއެޗަށް ގެންދިޔަ އިރު ލަމްހާވެސް އެތާނގައި ހުއްޓެވެ. އަދި މޭރީގެ ފުރާނަ ނެތް މަސްގަނޑު ބަލަން އޭނާ ބާއްވައިފައި އޮތް ކޮޓަރިއަށްވެސް ލަމްހާ ގޮސްފައި ވެއެވެ. އަދި މޭރީގެ ހަށިގަނޑު އެ ކޮޓަރީގައި އޮތް އިރު ލަމްހާއާއި މާވިން އެއްކޮން ތިއްބާ އެ ދުވަހު ބަޔަކަށް ފެނިފައިވެސް ވެއެވެ.
މާވިން އާއި ލަމްހާގެ ގުޅުން
މޭރީ ދެކެ ލޯބިވާ ކަމަށް ބުނެ މާވިން އައީ، އެ ދެމީހުންގެ ލޯބިގެ ގުޅުމުގެ ވާހަކަ އީއާރުގެ އެހެން މީހުންގެ ގާތުގައި ދައްކާ ހަދަމުންނެވެ. އެ މީހުންގެ ހަޔާތުގެ ކުރީކޮޅުގެ ފޮޓޯތައް ދައްކާ މޭރީއަށް ތައުރީފުކޮށް ވެސް ހަދައެވެ. އޭގެ ފަހަތުގައި ވަނީ މާވިން އާއި ލަމްހާގެ ގުޅުން، އެހެން މީހުންނަށް ފޮރުވުން ކަމެއް އެމީހުން ނުދެނަހުއްޓެވެ. ލަމްހާ އާއި މާވިންގެ ލޯބީގެ ގުޅުން އީއާރުގެ ގިނަ ބަޔަކަށް ރޭކާނުލީވެސް އެހެންވެ ކަމަށް މަސްދަރުތަކުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ވެސް ވަރަށް މަޖާކޮށް ސަކަރާތް ޖަހާ ދެމީހުން ކަމުން، އެ މީހުންގެ ގުޅުމަކީ މަސައްކަތުގެ މާހައުލުގައި މިޒާޖު ދިމާވާތީ އޮތް ގުޅުމެއް ކަމަށްވެސް ބަޔަކަށް ހީވިއެވެ. އެހެންނަމަވެސް މާވިން އާއި ލަމްހާ، އެއް ޑިއުޓީއެއްގައި ތިބޭ ދުވަސް ދުވަހު، ލަމްހާ ޔުނީފޯމް ބަދަލުކޮށް ގެއަަށް ދާން ނިކުންނަންދެން މާވިން އިންތިޒާރު ކުރާ މަންޒަރުވެސް ގިނަ ބަޔަކަށް ފެނިފައި ވެއެވެ. އަދި ސައިކަލުގައި ގެއަށްދާ މަންޒަރުވެސް ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.
ފިލިޕީންސްގެ ގާނޫނުތައް އޮންނަ ގޮތުން ކައިވެންޏެއް ރޫޅާލުމަށްޓަކައި އިދާރީ ގޮތުން ދިގު މަރުހަލާއެއް ކަޑައްތު ކުރަން ޖެހޭއިރު ދެމަފިރިން ވަކިވާ ނަމަ އޭގައި ގަބޫލުކުރެވޭ ސަބަބުތަކެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.
ލަމްހާ ވަނީ އެ ދެ މީހުންގެ ދޭތެރޭގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އެކުގައި އުޅޭ ބައެއް މީހުން ގާތުގައި ބުނެފައެވެ. އަދި އެ މައްސަލައިގައި މާވިން ހައްޔަރުކޮށް ލަމްހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންވެސް ލަމްހާ ވަނީ އަދި ވެސް މާވިން ދެކެ ލޯބިވާ ކަމަށާއި އެ މީހުންގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައިކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.
ލަމްހާ އައިޖީއެމްއެޗާ ގުޅުނުތާ 1 އަހަރާއި ދުވަސްކޮޅެއް ވެފައި ވާއިރު މީގެ ކުރިން އޭނާ މަސައްކަތް ކުރީ އެމްއެންޑީއެފްގައެވެ. އަދި ނަރުސްކަން ކިޔަވައިފައި ވަނީ އެމްއެންޑީއެފްގައި އުޅެމުން އަމިއްލަ ހަރަދުގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ލަމްހާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތިމާގެ މީހެއްކަންވެސް ވަނީ ޔަގީން ވެފައެވެ.
ލަމްހާ ހައްޔަރު ކުރުމާއި ބާރުގަދަ އިންޖެކްޝަންތަކެއް ފެނުން
މި މައްސަލައިގައި ލަމްހާ ހައްޔަރުކުރުމުގެ ކުރިން އޭނާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ލަމްހާ ދިރިއުޅޭ ގެއިން އިންޖެކްޝަންތަކެއް ފުލުހުން ވަނީ ނެރެފައެވެ. އެގެއިން ފުލުހުން ނެރުނު އިންޖެކްޝަން ތަކަކީ ބޭސްފިހާރައަކުން ވެސް ނުލިބޭ އިންޖެކްޝަން ތަކެއް ކަމަށާއި އެ އިންޖެކްޝަންތައް ލަމްހާއަށް ވެސް އަދި މާވިންއަށްވެސް ލިބޭނީ ހަމައެކަނި އައިޖީއެމްއެޗުން ކަމާއި އެ އިންޖެކްޝަން ތަކަކީ ބާރު ގަދަ އިންޖެކްޝަން ތަކެއް ކަން "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެނގިފައިވާ ގޮތުން އެ އިންޖެކްޝަން ތަކުގެ ތެރޭގައި ހިތް މަސައްކަތް ކުރުން ހުއްޓެމުން ދާ މީހުންނަށް ދޭ އިންޖެކްޝަން ހިމެނެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި އައިވީއާއެކު ޑައިލިއުޓް ކޮށްގެން ދޭން ޖެހޭ އިންޖެކްޝަން ހިމެނޭ އިރު ލަމްހާ ގެންގޮސްފައި ވަނީ ހަމައެކަނި އެ އިންޖެކްޝަން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެފަދަ އިންޖެކްޝަންތައް ޑައިލިއުޓް ކޮށްގެން ނޫން ގޮތަކަށް ދީފިނަމަ މީހަކު މަރުވެދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗްގެ ގުދަނުން ބާރުގަދަ ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައި ވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެ ބޭސްތަކަކީ ވެސް ބޭސް ފިހާރަތަކުން ވިއްކުމުގެ ހުއްދަ ނޯންނަ ބޭސްތަކެއް ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ވެފައެވެ. މި މައްސަލައާ ގުޅިގެން އޮކްޓޯބަރު 27، 2021 ދުވަހު ލަމްހާ ދިރިއުޅޭ ގެ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އެ ގޭގައި ލަމްހާ ދިރިއުޅޭ ކޮޓަރިން ފެނުނު ސިޓީ އުރައެއްގެ ތެރޭގައި، އައިޖީއެމްއެޗްގެ ހުއްދައާ ނުލައި އެ ހޮސްޕިޓަލުން ނަގާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަންތަކެއް ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ދުވަހު އެ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރާ ބާވަތުގެ ބޭސްތަކެއް ވެސް ފެނިފައިވާ ކަން ވަނީ އެނގިފައެވެ.
ލަމްހާ ބުނީ ކީކޭ؟
ލަމްހާ ހައްޔަރުކުރުމުގެ ކުރިން "ދަ ޕްރެސް" އިން އޭނާއާ ގުޅުމުން އޭނާ ވަނީ މީޑިއާތަކުން އެމީހުންގެ އަބުރު ކަތިލަނީ ކަމަށް ބުނެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. އަދި އެއީ ލަމްހާ ކުރި ކަމެއް ނޫން ކަމަށާއި މީޑިއާތަކުގެ ސަބަބުން އޭނާގެ މަންމަގެ ބަލި ހާލު އިތުރަށް ބޮޑުވެފައިވާ ކަމަށްވެސް ބުންޏެވެ.
ލަމްހާ ބުނީ ރައީސް ސޯލިހު އާ ގުޅުވައި އޭނާގެ ވާހަކަތައް ދައްކާ ކަމަށާއި ރައީސް ސޯލިހުއާ އޮންނަނީ ލޭގެ ގުޅުން ކަަމަށާއި އެހެންނަމަވެސް އޭނާއަކީ ކުށްވެރިއަކަށް ވަނީ ނަމަ އަދަބު ލިބޭނެ ކަމަށެވެ. ލަމްހާ ބުނީ އޭނާ އޭ ކިޔައިގެން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ޕީޕީއެމްގެ އިސްވެރިންނާއި ސަޕޯޓަރުން އަޑީގައި ތިބެގެން ކުރަމުންދާ ކަމެއް ކަަމަށެވެ.
ލަމްހާ ބުނީ އޭނާ އޭ ކިޔައިގެން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ޕީޕީއެމްގެ އިސްވެރިންނާއި ސަޕޯޓަރުން އަޑީގައި ތިބެގެން ކުރަމުންދާ ކަމެއް ކަަމަށް
އެމްއެންޑީއެފްގައި މަސައްކަތް ކުރި އިރު ޖެހުނު މައްސަލަތަކެއް ހައްލު ކުރުމަށް ލަމްހާގެ "ދޮންބެ" ރައީސް ސޯލިހުގެ އެހީއަށް އެދުނުކަމުގެ މައުލޫމާތު ލިބިފައި ވާއިރު، އައިޖީއެމްއެޗްގެ ތެރޭގައި އެ ވާހަކަ ތަކަކީ ލަމްހާ ވަރަށް ފަހުރުވެރި ކަމާއެކު ދައްކާ ވާހަކަ ތަކެއްކަންވެސް އެނގިފައި ވެއެވެ.
އިތުރު ކޮންސިޕިރަސީ ރޭވުންތައް!
މީގެ އިތުރުން މޭރީ މަރާލުމަށް އެހެން ރޭވުންތައް ރާވައިފާ ހުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ލަމްހާ އަކީ ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހަދާ، މެޑިކަލް ރިޕޯޓެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މިވާހަކަތަކުގެ ތަފްސީލުތައް މި ރިޕޯޓުގައި ނުހިމަނާނަމެވެ.
ކޮންމެ މީހަކު ނުނުރުހުންވިޔަސް ހަގީގަތް ފެންނަން ތިއޮތީ ލަމްހާ ހަމައެކަނި މޭރީ މަރާލަން ގޮސް އެތާނގަ ނެތްކަން ތިހުރިހުރިހާ ކަމެއް ލަމްހާއަށް ރަނގަޅަށް އެނގޭނެ އެހެން ނޫނީ އެވަގުތާ ދިމާކޮށް މޭރީގެ ދަރިވެސް ލަމްހާ ނުގެންދާނެ ކަމެއް ވާއިރަށް ސިޔާސީ ޕާޓީތައް އެކަމެއްގެ ތެރެޔަށް ވަށްދަނީ ކީއްކުރަންތަ އިބޫތަ ނޫނީ ޔާމީނުތަ ތިކަން ކޮށްގެން ތިއުޅެނީ:: ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ލަމްހާޔާ ގަޔާވާމީހުން އޭނަގެދިފާއުގަ ވާހަކަދައްކާނެ އެކަމަކު މިފަދަ ކަންކަން ހުއްޓުވަން ހަގީގަތާއެއްގޮތައް ވާާހަކަދެއްކުން މުހިތްމު
ކޮބާތަ ހަގީގަތަކީ؟ ލަމްހާ އޭނައަކައް ނޭނގެއޭ ބުނީމަ އެއީ ދޮގުތޯ؟ މޭރީގެ ރައްޓެހިން ހީވަނީއޭ ކިޔާފަ ބުނާ ވާހަކަ އެއީ ތެދުތަ؟ ހަގީގަތް ހޯދާފަ ވާހަކަ ދައްކަބަލަ އެންމެންވެސް..
ތިބާއައް އިގޭތަ ތިބާގެ އަބިމީހާ ނޫނީ ފިރިމީހާ ކުރާ ހުރިހާ ކަމެއް، ހަމަ ލަމްހާ އައް ވެސް ނޭނގި ދާނެދޯ މާވިންގެ ދަރިއާ ހަވާލުވި އިރު އެވަގުތު މާވިންގެ ހިތުގަ އޮތް އެއްޗެއް، ރައްޓެހިވެގެން އުޅޭ މީހާ ބުނީމަ ހަމަ ކޮންމެ މީހަކުވެސް ހަވާލުވާނެ ދަރިއާ، އަދި ލަމްހާ ފޮނުވިއޭ ތިކިޔާ ގުޑްބައި މެސެޖްގެ ހަގީގަތްވެސް ހޯދާ ބަލަ، ތި ކާފަރު މޭރީ އޭ ކިޔާ މީހާ ލަމްހާ އާ ދިމާލަށް ކުރި މެސެޖް ތައް ކޮބާ؟ ލަމްހާ އޭނަ އަށް ކުރި މެސެޖްގަ «ކަލޭ ކަލޭގެ ފިރިމީހާ އާ އެއްކޮން އުޅޭށޭ، މަވާ ސަލާމޭ، ގުޑްބައި އޭ» މި ހުރިހާ އެއްޗެއް އޮއްވަ ކީއްވެބާ ހަމަ އެކަނި ގުޑްބައި މި ފެންނަނީ މީހުންނައް.. ބޮޑުވަރު
އާއިލާ މިހަކަށްވީތީ ލަމްހާގެ ކުށެއް ނުފެންނަ ލަމްހާގެ ލޮބުވެތި އާއިލާއަށް ވަރަށް ސަލާމް. އާއިލާ މީހުން ކުރާކުށް ފޫބައްދަން މަސައްކަތް ކޮއްދެވިދާނެ މި ދުނިޔޭގެ. މި ނޫންވެސް ދުނިޔެއެއްވޭ. ދޮންބެ މީގެ ކުރިންވެސް ލަމްހާ ސަލާމަތްކޮއްދީފައިވޭ، އަދިވެސް މަސައްކަތް ކުރާނެ. ދެންވެސް ދޮންބެ އަށް އެދުވަހު ކޮށްދެވުން ކަންތަކުގެ މޮޅުކަން ވިސްނޭނެ ނަމަޔޭ ހިތަށް އަރާ… ވަރަށް ދެރަ
މާވިން ކުރާހާ ކަމެއް ލަމްހާ އަށް ވަކި އިގޭނެތަ.. މި ޒަމާނަކީ ދަރިން ކުރާ ކަންތައްތައް މައިން ބަފައިންނައް ވެސް ނީނގޭ ޒަމާނެއް. ލަމްހާ އެ ކުއްޖާއާ ހަވާލްވި އިރު އޭނަ އަށް ހަމަ ނީނގެ ދާނެ މާވިން ކުރަން އުޅުނު ކަމެއް، މީހުންނާ ދިމާލައް އެއްޗެހި ކިޔާލާ އިރު މާދަމާ އަށް ވިސްނާލާ ކޮއްމެ މީހަކުވެސް، މިފަދަ ކަމެއ ވެދާނެ ހަމަ ތިމާ ލޯބިވާ އާއިލާ މީހަކައް ވެސް. ހަމަ ބުނެލީ،
މޭރީ ހަމަ ލަމްހާ އާ ދިމާލައް އެއްޗެއް ނުބުނޭތަ، މާވިންތަ މޭރީ މަރާލީ؟ ނޫނީ ލަމްހާތަ؟ އޮޅިއްޖެ ހަމަ. ތިވަރެއް އަރުވާލާ އިރު އަދި ލަމްހާ އަށް އޮތީ ތުހުމަތެއް ކަންނޭނގެ ކޮށްފަ. ބޮޑުވަރު، ތިއިން މީހެއްގެ އާއިލާ މީހަކަށް މިވަރު ކަމެއް ހަމަ ދިމާވެދާނެއޭ ހިތައްވެސް ނާރާތަ؟
ޑްރާމާގެ ވާހަކަ ދައްކާއިރު ތި އިވެނީ ވަކިބަޔަކު ދައްކާ ވާހަކަ، ތި ލިޔެފަ ހުރި ހުރިހާ އެއްޗެއްސަކީ ހަގީގަތެއް ނޫން، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކައްވެސް އިގޭނެ،
އާއިލާ މީހަކަށް ދިމާވިއްޔާ ހައްޕު ކިޔައިގެން ތިބެންވީތަ. ހަމަ ބުއްދި ހުރި ކޮންމް މީހަކަށް މިހާރު ގެޓުވާނެ ކުޅެފަ އޮތް ޑްރާމާ
އަޅެ ތި ވަރު ތިކުރަނީ ހަމަ ލަމްހާގެ އަތެއްވާކަން ޔަގީން ވެގެންތަ
މޭރީ އަމަޔަށް ދިވެހިވެސް އިގޭދޯ.. ޕަކާސް
ލަމްހާ ބުނެގެންނެއް ނޫނޭ އޭނަ މަރާފަ އެއޮތީ، މޮޔަވާކަށް، ބަލާއެކޭ، ހަޔާތްކުޑަ ދިވެހިން އުޅޭތަނެއް މީ، ހަރުބީ ކާފަރެއްގެ މަރު ވިއްޔަ މި އުޅެނީ ދިވެއްސެއް ބޮލުގަ ނޭޅުވިގެން، ކޮންމެ އެއްޗެއް ކިޔަސް އިރާދަ ކުރެއްވިއްޔާ މޭރީގެ ތި ރައްޓެހިން ކިތަންމެ ވަރަކަށް ދޮގު ބަޔާން ދިނަސް ދޮގު އިންޓަވިއު ތައް ދިނަސް އިރާދަފުޅުން ލަމްހާގެ ބޮލުގަ ތި ވަރުގެ ބޮޑު އިލްޒާމެއް ނޭޅޭނެ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު ނިކަމެތި އިންސާނަކައް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ، ލަމްހާ އަށް ތި އެންމެން ކިޔާ އެއްޗެހީގެ ބަދަލު އެކަލާނގެ ދެއްވާނެ،
މީ މޭރީ އަމާ
ތީ ލަމްހާތަ ތިހެން ތި ކޮމެންޓް ކުރަނީ. ހާދަ ހީވެ އޭ. މީހެއް ދެކެ ލޯބި ވިޔަސް އެނޫން ގޮތްގޮތް ވެސް އޮންނާނެ ލޯބި ހާސިލުކުރަން. މޭރީ ވަރިކޮއްލާފަ ރަށަށް ފޮނުވާލިނަމަ ނިމުނީނު.
سبحان الله
ރޯޔަލް މަރޑަރ. ރޯޔަލް ރޭޕް. ރޯޔަލް ކޮރަޕްޝަން.
ތި ލަމްހާ ސަލާމަތްވާނެ.މި ސަރުކާރު އޮތުމުގެ ކުރިން މައްސަލަ ނިންމަންޏާ.ޝަރުއީ ނިޒާމަށް އިތުބާރެއް ނުކުރަން.
ތި ޔާމީނުގެ ބާރުގެ ދަށުގަވާ ގާޒީތަކެއް
އަޖައިބުވެ އަންތަރީސް ވެއްޖެ. ދިވެހި ރީތި އަންހެން ކުއްޖެއް ފަރަންޖީއަކާއި ހެދި އުޅުނު ގޮތެއް.. މުސްލިމް ދިވެހިން ނުވީތަ..؟ މީހަކު ހަލާކުވާން ވީމަ ނުނަގާނެ ސިކުންތެއްވެސް.. ދެން ފޮނި ކަނޑާބަ، އިބޫ ސޯލިހު އަކީ ބޭބެއެކޭ. ކިޔައި... އެނގިދާނެތާ ދެން ވާނެ ގޮތެއް.. މިކަމުގައި ހަލީމާގެ މައްޗަށް ކުށް ސާބިތު ނުވެއްޖެއްޔާ ރާއްޖޭގައި މިބާވަތުގެ ދުރާލައި ރާވައިގެން މީހުންމެރުން އާންމު ވެގެންދާނެ.
ކިހިނެއް އިގެނީ މީ ލަމްހާ އައް އެގިގެންވީ ކަމެއް ކަމެއް، ހުކުމް ކުރަން ތި އުޅެނީ
ލަމްހާ އަކީ ބޭރު ކާފަރަކު ދެކެ ހޭބަލިވެފައި ހުރި މީހެއް. މާވިން ލަމްހާއަށް އެވަރު ކޮށްލީ ލަމްހާ މާވިންއަށް ފުރުސަތު ދިނުމުން. ހަގީގަތަކީ މޭރީގެ މަރުގައި ލަމްހާގެ އެއްވެސް ރޯލެއް ނެތްކަމަށް ބުރަވެވޭ. ނަމަވެސް މޭރީ މަރާލަން މާވިން އަށް ލިބުނު ހިތްވަރެއް އެއީ ލަމްހާ ކަހަލަ ރީތި ދިވެއްސެއް ލިބުން. ކީއްވެތަ އިސްލާމް ނުވީ
ތާއީދު
ފިރިހެންވަންތަ ފިރިހެނަކު ދެކެ ތިވަރަށް ލޯބިވި ނަމަވެސް އެންމެ ރަނގަޅު.
ލޯބިވަން ޖެހެނީ ވަކި ފެންވަރެއްގެ މީހެއް ދެކެތަ؟
ތިއޮތީލޯބީގަ ހައްދު ނެތިފަ. ހުރިހާ ދެމަފިރިންނަށް ފިލާވަޅެއް. ވިސްނާގެން އުޅެންވީ.ކިތައްމެ ލޯބިވިޔަސް 100ޕަސެންޓް ނުދީ ތިކަމާ ވަރަށް މޭރީ މަރާލި މީހުން ބާވެރިވެ އަޑީގަ ބަޔަކު ތިބިއްޔާ ނަފްރަތު ކުރަން
މަންމަ އަކީ ބަލި މީހެއްކަން އިނގުނީ މީހަކު މަރާލި ފަހުން ދޯ. މަނާ އިންޖެކްޝަން ތައް ކަލޭ ކޮޓަރިއަށް ދިޔައީ އަމިއްލައައް ހިނގާފަ ދޯ. ހަޔާއިކުޑަ މީހެއް ދެކެ ލޯބިވިޔަސް ތީ ބޮޑުވަރު. މަރުގެ އަދަބު ދީ މީނަޔަށް.
ސާބިތުވީތަ އަދަބު ތި ނިންމީ..
މަށަށް އޭރުވެސް އިނގޭ، ތި ޕީޕީއެމް މީހުން ކުުރާނެ ކަމެއްކަން. އަޅެ ލަދުހަޔާތް ކޮބާތަ. މީހަކު މެރުމުގައި ބައިވެރިވެފައި އެކަންވެސް ސިޔާސީ ކުރަނީ. ޕީޕީއެމް ބޮލަށް ކަނޑާލަން. ޕީޕީއެމްއަކީ މީހުން މަރާ ޕާޓީއެއް ނޫނޭ. ތަންތަނަށް ގާ އުކާ، އިމާރާތްތައް ތަޅާ، މަށަށް ވިއްޔާ ފްލެޓްތައްވެސް ތަޅާނަމޭ ކިޔާ ގޮތަވުން ދުވާ ޕާޓީއެއް ނޫނޭ. އެމްޑީޕީއާއި ކަލޭ ދޮންބެ ޖެހޭނީ 2023ގައި މަހަށް ދާން. ދެން އަންނާނީ ޕީޕީއެމް ވެރިކަމެއް. ހުރިހާ އެންމެން ޖަލަށް ލާނަން.
ޕީޕީއެމް ލައިގެން ކަލޭ ކަމެއް ކޮށްބަލަ... ބުރާންޗާ މީހަކު މަރާލީ ޕީޕީއެމް މީހުން ބުނެގެންތަ..
ވަރަށް ސާފު، ތި މައްސަލަ ސާބިތެއް ނުވާނެ. ތި އޮތީ ސީދާ ހިންނަވަރޭއާ ގުޅިފައި. ވ. ސަލާމް
މަށަށް ފެންނަނީ ތިޔަ ދެމީހުން ދެވަން. ދެވާފަ ޖަލުގައި ބައިތިއްބަން ވީ. އޭރުން ޖަލުގައި ރޯމިއޯ ޖޫލިއަޓާއި ސީރީން ފަރުހާދާއި ލައިލާއި މަޖުނޫނާއި މާވިންއާއި ލަމްހާ ކުޅެކުޅެ ތިބެދާނެ.
ބާރުގަދަ އިންޖެކްޝަންތަކާއި ބޭސްތައް ހޮސްޕިޓަލުން ނެރެގެން ގެންދާއިރު، އެތާނގަ ސްޓޮކް ކީޕަރެއްވެސް އަޅެ ނުހުންނަނީތަ؟ ގައުމުގެ ބައިތުލްމާލް އެގޮތް މިގޮތަށް ދޮޔޮ ހުސްކުރާއިރު އެކަންކަން ބެލޭނެ އިންތިޒާމެއް، ނިޒާމެއްވެސް ނޯވޭ. ކީކޭދޯ ދެން ބުނާނީ. އަޅެ އާންމު ދިވެއްސަކަށް މިއުޅެނީ ޕެނަޑޯލް ގުޅަގަނޑެއްވެސް ބޭސް ސިޓީއަށް ނުލިބިގެން. ކިހާ ބޮޑު ބލއއ މީ
ހުސް ދޮގު
ކަލޭނޭ... މީހަކު އަޅެ އަޖައިބެއް ނުވާނެތަ. ކޮއްކޯ! ވަގުން މީހުންގެ މުދާ ގެންދަނީ ބުނެފަތަ؟
ތިއޮތީ ސަވްދާން އިންޑިއާ ކުޅެލާފަނު. ހީވަނީ ހަމަ އޭގެ އެޕިސޯޑެއްހެން. ޔަގީނޭ ތި ކަޕަލް ތިއޮތީ ކްރައިމް ޕެޓްރޯލް ޑަސްތަކްވެސް ބަލާފަކަން. އިންޑިއާނެ ނުފޫޒާ ހެދި ހުރިހާ ދިވެހިން ހަލާކުވެއްޖެ
ތިހުރިހާމައްސަލަތަކެއް ހުއްޓަސް ތިކުއްޖާސަލާމަތް ވާނެ . ދައުވާއަކާހަމައަށް ދިއަސް . ވެރިކަމުގަ ހުންނެވީ އިބްރާހީމް . ސިޔާސީ ގޮތުން ވެސް އަޑުގަދަވެގެން ވެސް އެބަޔަކު ބާރުގަދަވާނީ .
މި އުޅޭ ދިވެހި ފިރިހެނުން ބޭރު ފަރަންސީ އަަންހެނުނާ އެޅުނަސް ރަގަޅު ވާނެ