ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ ނަސޯރާއިން ފާހަގަ ކުރާ އެއް އީދު ކަމަށް ވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުއްވާފައި ކަމަށެވެ.
އޭގެ ކުރީ އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ތަހުނިޔާގެ މެސެޖުތައް ފޮނުއްވާ އެފަދަ ފޮޓޯ އާންމުކުރައްވާފައި ވާ ކަމަށް އެ އިއްތިހާދުން ބުނެއެވެ. އެ ފަހަރުވެސް އެ އިއްްތިހާދުން ފުލުހަށް އެ މައްސަލަ ހުށަހެޅި ކަމަށާއި އަދި އެ މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް އެ ފަރާތުން ބުނެއެވެ.
އެހެންކަމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކްރިސްމަސް ތަހުނިޔާ ރައީސް ނަޝިދު ވިދާޅުވެފައި ވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ އިއްތިހާދުން ބުނެއެވެ.
ރައީސް ނަޝީދަށް ފާޑު ކިޔާ ގިނަ ބަޔަކު އަބަދުވެސް ދީނީ މައްސަލަ ނަގައި އެމަނިކުފާނަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅެއް ކަމަށް ބުނެއެވެ. އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރާ މީހުންނަކީ ވެސް "ލާދީނީ" ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުން ދެއެވެ. އެގޮތުން "ހަރުކަށި ފިކުރު" އަށް ތަބާވާ މީހުންގެ ނަފްރަތާއި އިންޒާރުގެ ބަސްތައް އެމަނިކުފާނަށް އަމާޒު ވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ކޮބާތޯ ހަރުކަށި ފިކުރަކީ؟ ނަޝީދުއަކީ ހަރުކަށި ފިކުރުގެ މީހެއް. އެއްވެސް ޝައްކެއް ނެތް އެކަމުގައި. އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާ ކަންކަމަށް ތާއީދުކުރުމަކީ ހަރުކަށިވުން ކަމަށް ދެކެނީވެސް ހަރުކަށި ފިކުރުގެ މީހުން.
ކެރަފާ ނަޝީދު ޑެންމާކް ގައި ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ)އަށް ފުރައްސާރަ ކުރި މައްސަލަ ކޮބާ؟ މިކޮމެންޓް ޖަހަން ކެރޭނެބާ؟ ނޫސް ގަނެފައިތަ އޮތީ؟