މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔްތަ ކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އިން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މިއީ 22.96 މިލިއަން ރުފިޔާ އަށް، 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ އިރު، އޭގެ ތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. މީގެ އިތުރުން މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ވަނީ ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިއްމު ދައުރެއް އަންނަނީ އަދާ ކުރަމުންނެވެ.