"ހޯމްސްޓޭ" ޓޫރިޒަމް ފުޅާ ކުރުމަށް ހިންގާ ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ލުއި ދޭން ނިންމައިފިއެވެ.

ހޯމްސްޓޭ ޓޫރިޒަމް އިއްޔެ ތައާރަފް ކުރުމަށް ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ހޯމްސްޓޭ ތަންތައް ވަކިން ފެނަކައިގައި ރަޖިސްޓްރީ ކުރުމަށް ތިން މަހެއްްހާާ ދުވަސް ދެއްވާނެ ކަމަށެވެ. އަދި ހޯމްސްޓޭގެ ތަންތަނަށް ފެނާއި ކަރަންޓު ފަދަ ހިިދުމަތްތައް ދިނުމަށް ކުުރަަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ހިނގާ ހަަަރަދުގެ އަގަށް ބެލުމަށް ފަހު ތިން މަހާ ހަމަހާ އަދި އެއް އަހަަރާާ ހަަމައަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސައި ދެވޭނެ ކަމަށެވެ. އެއީ އެ ވިޔަފާރިއަށް ނުކުންނަ މީހުންނަށް ކޮށްދެވޭނެ ވަރަށް ބޮޑުކަމެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވިއެވެ.

ހޯމްސްޓޭ ދިއްގަރުގައި ރަސްމީކޮށް ފެށިއިރު އެރަަށުން އަދި ހިދުމަތް ދޭން ފެށީ އެންމެ ގެއަކުންނެވެ. އެ ގޭގައި މިހާރު ހަަތަރު ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެެވެ.

ފެނަކައިން ލުއިދޭން ނިންމާފައިވާ އިރު އެ ކުންފުނިން ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ގިނަ ރަށްރަކެއް އެބަހުއްޓެވެ. އެގޮތުން ދިއްގަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ވެސް ދެނީ ފެނަކައިންނެވެ. އާންމުކޮށް މިފަދަ އިން ވިޔަފާރި ހިދުމަތް ދޭ ތަންތަނަށް ބިލް ކުރާ އިރު ފެނަކައިން ނަގަނީ އާންމުކޮށް ރައްޔިތުންނަށް ދޫކުރާ ފެނާއި ކަރަންޓުގެ އަގަށް ވުރެ ބޮޑު ރޭޓެކެވެ.