ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ.
ބައި އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުންގެ އިންތިހާބާ ބެހޭ މަރުކަޒުގައި ރޭ ބޭއްވި ގުރުއަތުލުމުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމިޝަނުން ބުނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.
ރޭ ބޭއްވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ އެދާއިރާގައި ހިމެނޭ ކޮމަންޑޫގައި ދެ ވޯޓު ފޮއްޓާއި ފޯކައިދޫގައި ދެ ވޯޓު ފޮށީގެ އިތުރުން މަރޮށީގައި އެއް ފޮށި އަދި މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.
ހެއި ހެއި ހެއި ކުދިންނޭ ކެންޑިޑޭޓް ނަމްބަރު 2 އެއީ ނަމްބަރަކީ އިނގޭތޭ ޔޭއް އިންޑިއާގެ އަޅުވެތިކަމުން އަދި ރާއްޖޭގައި ތިބި އިންޑިއާގެ 75 ހާސް ސިފައިން ރާއްޖޭން ބޭރުއަރުވާލުމަށް ޓަކައި މިފަހަރު ކޮމަންޑޫ ދާއިރާގެ ހުރިހާ ކުދިން އެމްޑީޕީ އަތުން ކަޓް ނަގައިގެން ވޯޓް ދޭންވީއޭ ކެންޑިޑޭޓް ނަމްބަރު 2 ފައްތޭ އަށޭ ސަބަބަކީ އެއީ ހިންނަވަރޭ ވަނީ ރައްޔިތުންނަށް ގައްދާރުވެފައިވާތީވެ އޭނާ އަށާއި އަދި އެމްޑީޕީ އަށް ހަރާމްކޯރުވުމަކީ އެއީ މިހާރު އެމްޑީޕީގެ މެމެބަރުންގެ މައްޗަށް ލާޒިމް ކަމެކޭ ދެޓް އިޒް ދަ ފީލިންގް އޮފް ދަ ޕަބްލިކްދޯ...
ތިމާވެށި މިނިސްޓަރަށް އޭނާގެ މިނިސްޓްރީގެ ދަށުން ހިންގާ ކަންކަމުގައި އެދާއިރާގައި މަސައްކަތް ކުރާ ކުންފުނި ތަކުގެ ވިޔަފާރި ކުރިއަރާނެ އުސޫލުން ހަލުވި ކަމާއި އެކު ޚިދްމަތް ރައްޔިތުންނަށާއި އަދި ވިޔަފާރިވެރިންނަށް ދެވޭނެ އުސޫލުގެ މަތިން ކަންކަން ހިނގާތޯ ނެތޭ އެންމެ ދުވަހަކު ވެސް ބެލިފައި ނަތީޖާ އަކީ މިހާރު ސަރުކާރުގައި އޮތް އެންމެ ޕާރފޯމެންސް ދަށް މިނިސްޓްރީ އަކީ އެއީ ތިމާވެށި މިނިސްޓްްރީއޭ އެކަކަށް އެކަން ނުވާނެއޭ ތިން މިނިސްޓްރީ އަށް އެތަން ބައިކޮށް ރައްޔިތުންނަށް ޚިދްމަތް ހަލުވި ކޮށް ދޭންވީއޭ ތިމާވެށި މިނިސްޓަރު ޝައުނާ ދުވަނީ އޭނާ ގައިގައި ހުރި ބަނޑުއަކިރި ކަން ފިލުވަން ކޮންމެވެސް ތަނެއްގެ ޝަރަފުވެރި މެހްމާނަކަށް ވޭތޯއޭ މުސާރަ ބަނޑުއަޅާލަން ލަދެއް ނުގަނޭ ދޯ ލަދުހަޔާތް ކޮބާތޭ ތަމެންގެ ތަމެންނަށް މުސާރަ ދެނީ އެއީ ތަމެންގެ އަމާބަފާ ތަރިކަމުދަލުން ނަގާފައި ނޫނޭ އެއީ މާލެ ސަރަހައްދުގެ ރައްޔިތުން އުނަގަނޑު ބިންދައިގެން ހޯދާ ފައިސާ އިން ކުރާ ކަމެކޭ ގަމާރާ ނުވަންނާ ރަށަށްދޭބަލަ ދެން...