ޕިކްނިކް އައިލެންޑްގެ ފައިދާ މާފުށީ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އުސޫޅުތައް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކ. މާފުށީ ކައުންސިލަށް ޕިކްނިކް އައިލެންޑް ހަވާލު ކުރުމަށް މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، މާފުށީ ކައުންސިލުން އެތަން ބޭނުންކުރަން ނިންމާ އިރު ލޭންޑް ޔޫސް ޕްލޭން ހަދަމުން ގެންދާނީ މާފުށި ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށެވެ. މާފުށީ ބޮޑުކޮށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑްގެ ބޭނުން ހިފާނެ ގޮތުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރަށުގެ ރައްޔިތުންނަށް ފައިދާ ވާ ގޮތަށް އަދި ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރުމަށް ރައީސް ސޯލިހް ގޮވާލެއްވިއެވެ.
މާފުއްޓާށް އިތުރު ކުރި ބިމާއި ޕިކްނިކް އައިލެންޑްގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 128 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ފައިސާއިން ހިއްކައިގެން މި ކަން ހާސިލް ކުރެވުމަކީ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.
މީގެ އިތުރުން މާފުށީ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެއް ކަމަށްވާ ގޯތި ލިބުމުގެ ދަތި ކަމަށާއި ގެސްޓް ހައުސް ބިނާ ކުރުމަށް ބިން ނެތުމުގެ ޝަކުވާއަށް ހައްލެއް މީހާރު ހޯއްދަވައި ދެއްވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ތިޔަ ރަށުގެ ފައިދާ ވެސް އެންމެ ފަހު ވަގުތު ވަންނާނީ ބޮޑެތި ބޭފުޅުންގެ ޖީބު ތަކަށް.ފަހު ވަގުތު ބުނާނެ މީރާއަށް ޖަމާކުރާށޭ.ފަހުން ޚަރަދު ކުރަން ދޭނަމޭ......ނުދޭނެ. ކައުންސިލް ޖެހޭނީ ހުސް މަސައްކަތެއްކުރަން..ފައްޔާޒާއި އަސްލަމް ތިބޭނީ މިހާރު އެފައިސާ އަތުޖެހޭނެ ޕްލޭން ރާވައިގެން. ބަލަން ތިބޭތި.