މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މާދަމާ ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ.

އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 9:30 ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އޮންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އަދި އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އިންނެވެ.

މީީގެކުރިން އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން އައީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައި ވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.

މި ސްކޫލުން ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެކުންފުނިން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އޭއޭއޭގެ ދަރިވަރުންނަށް ކަމަށާއި އަދި އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ.