މައްސަލަ ގޯސްވެފައިވާ ހުޅުމާލޭގެ ރަޖިސްޓްރީގެ މައްސަލަ އިސްތިއުނާފު ކުރުމަށް ސިޓީ ކައުންސިލުން ހައި ކޯޓަށް ފޮނުވަން ތައްޔާރު ވެއްޖެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ، އެޗްޑީސީގެ ދަށުގައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކޮށް، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން މިމަހުގެ 8 ގައި ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރު ކޮށްފައެވެ.
ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން، ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ހަރަދާއި ނެގި ލޯނުތަކަށް ޒިންމާވާ ގޮތަށް ކަމަށް ވާއިރު، ވަގުތީ އަމުރެއް ނުނެރެދީފި ނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުން އެ ކޯޕަރޭޝަނަށް ލިބޭނެ ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ކައުންސިލުން ބުނީ، ހުޅުމާލޭގެ ރަޖިސްޓްރީގެ މައްސަލާގައި ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް މި ހަފްތާގެ ތެރޭ ހައިކޯޓަށް ފޮނުވުމަށް ކައުންސިލްގެ ލީގަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އޭގެ އިތުރުން މާލޭ ޓީޖެޓީ މައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅަން ތައްޔާރު ވަމުންދާ ކަމަށެވެ
ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަމުރުކުރުމުގެ އިތުރުން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއަށް ލިބިފައިވާ ހައްގަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ދައުލަތާއި ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައި ވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި، މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށްފަހު، އެޗްޑީސީއާ އެކު އުފެދުނު ދެބަސްވުންތަކަކާ ހެދި ރަޖިސްޓްރީ އުވާލި މައްސަލައާ ގުޅިގެން ކައުންސިލްގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެލްޖީއޭއިންވެސް ވަނީ އަންގާފައެވެ.
ސަރުކާރު އެއީ ސިޓީކައުންސިލުގެ ދަށުގާވާ ސެކުސަނެއްތޯ މިހާރު އޮޅުން އަރާހިސާބައް މިހާރުމިވަނީ ގޮސްފާ ވީމާ ރައީސްގެ ގަރާރަކުން މާލޭސިޓީކައުންސިލުގެ ބާރުތައް ނަގާ ހައުސިން މިނިސްޓުރީގެ ދަށައް ބަދަލުކުރުން ކިހިނެއްވާނެތޯ ނިމިދިޔަ ސަރުކާރުގާވެސް ކަންތައް މުއިއްޒުމެން ކިރީވެސް އެގޮތައް