ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މި މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކަލައިދޫ ކައުންސިލް ރައީސް އަހްމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހެވެ.

މި މަރުކަޒީ އިންޖިނޫގޭގައި ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮފީހާއި، މީޓިންގް ރޫމެއް ހިމެނޭ އިރު، ބެޓެރި ރޫމަކާއި، ކޮންޓްރޯލް ރޫމެއްގެ އިތުރުން ބިންގަރާހެއް އެޅުމަށް ވަނީ ޕްލޭން ކޮށްފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ފެންކައިން ވަނީ ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައި މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްފައެވެ.

މިހާރު ލ. އިސްދޫ އާއި ކަލައިދޫ އަދި ދަނބިދޫ ހިމެނޭ ގޮތަށް އެއް ވިއުގައަކޫން ގުޅާލުމަށް މަރުކަޒީ އިންޖީނުގެއެއް އެޅުމަށް މަސައްކަތް ފަށަފައިވާ އިރު ބ. ގޮއިފުޅަ ފެހެންދޫ އަކީވެސް އެއްވިއުގައަކުން ގުޅާލުމުގެ ޕްލޭންއަކާ އެކު މަސައްކަތް ކުރަމުން އަންނަ ސަރަހައްދެއް ކަމަށް ވިދާޅުވެ މީގެ ކުރިން ފެނަކައިގެ އެމްޑީ ސައީދު ވަނީ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވާފައެވެ.