ބަނަފިނި ވައިގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ޖައްވު ނުސާފު ވަނީ ބޭ އޮފް ބެންގާލް ހުރަސް ކޮށް އުތުރު އިންޑިއާގެ، ހިމާލެއާ ސަރަހައްދުން ރާއްޖެއަށް އަންނަ ނުސާފު ވައިގެ ސަބަބުން ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުުރުވި ނަމަވެސް މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 4-5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ. މިހެން މިކަން ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން އަންނަ މި ދުވަސްވަރު، ހިމާލެއާ ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގާލް ހުރަސްކޮށް ރާއްޖެއާ ހަމަޔަށް ފޯރަމުން ދާތީ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އާންމުކޮށް މިކަން ދިމާވާ ދުވަސްވަރަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް އަންނަ އަހަރުގެ މާޗްމަހާ ދެމެދު ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އަދި މި ދުވަސްވަރު ވާރޭ ފެން ރައްކާ ކުރުމާއި ބޭނުން ކުރުމުގައި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ކުރިއާ އަލާ ބަލާއިރު، އުތުރު އިންޑިއާ ސަރަހއްދުގައި ވައި ނުސާފު ވުމުގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި އަހަރު ތެރޭ މި ދުވަސްވަރު ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން އަންނަ އިރު އިންޑިއާގެ ނުސާފު ވައި ރާއްޖެއަށް ފޯރައި އެ ދުމުގެ އަސަރު ފާޅުކަން ބޮޑު ގޮތަކަށް އަންނަނީ ފެންނަމުންނެވެ.
ވޭތުވެ ދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ވައި ނުސާފުވަމުންދާ ކަން ފާހަގަ ކުރެވިފައި ވާތީ އެކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އޭރު މެޓް އޮފީހުން ބުނެފައި ވަނީ އެއީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ދިމާވާ ކަމެއް ކަމަށެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު، މުލަ ނަކަތުން އިރުވައި މޫސުން ފެށުމާއެކު އުތުރުގެ ބައެއް ރަށްތަކާއި މެދުރާއްޖެތެރެ ވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. މާލެ އަދި ހުޅުމާލެ މަތިވެސް ފެންނަނީ އާދަޔާ ހިލާފަށް ފުސްކޮށް ކަމުގައި ވިޔަސް ދަތުރު ކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އިންޑިއާ ސިފައިން ޖެހޭނީ ބާލަން އެއީ އިންޑިއާ އައުޓްގެ މާނައަކީ އިންޑިއާ އައުޓް ބްރޯޑް ކޮށް ވިސްނާއިރު އެއިން ދޭހަ ކޮށްދެނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމާއި އަދި އިންޑިއާ އާއި އެކު ތަމެންގެ ކައްޕަޅި ސަރުކާރުން ހަދާފައިވާ ގާނޫނު އަސާސީ އާއި ޚިލާފު ހުރިހާ އެއްބަސްވުން ތައް އޮޅާލުމާއި އަދި އެސްޓީއޯ އާއި ތިމާވެށި މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އިންޑިއާ އިން ވަގު ކުންފުނި ތަކެއް ސަރުކާރުން ރާއްޖެގެނެސްގެން ސަރުކާރު ދަވާލާ ދެވުން ވެސް ހުއްޓުވުމޭ އިންޑިއާ އައުޓް ކެނެރީގެ ނަޝީދު