ތ. ތިމަރަފުށީގައި ދީނަށް ފުރައްސާރަ ކޮށް ބައެއްގެ މުދަލަށް ގެއްލުން ދިން އަންހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެ އަންހެން މީހާ ފުލުހުން ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ކޯޓަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި އަންހެން މީހާ ތަންތަނަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ދީނަށް ފުރައްސާރަކޮށް ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކާފައެވެ.
އެ މީހާ ވަނީ ރަށުގެ ބައެއް މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެސް ދީފައެވެ. ޕާކުކޮށްފައި އޮތް ވޭނެއްގައި ދަގަނޑު ބުރިއަކުން ޖަަހައި އޭގެ ބިއްލޫރިގަނޑު ތަޅާލިއިރު ކެފޭއަކާއި ގެސްޓްހައުސްއަކަށް ގޮސް އެ ތަންތަނުގެ ތަށިތައް އުކައި ގެއްލުންތައް ދީފައި އެބަހުއްޓެވެ.
މިއީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެމީހާއަށް ޖެންޑާ މިނިސްްޓްރީން އެޓެންޑްވެ ބެލިބެލުމުން އެއީ ނަފްސާނީ ކަމެއް ހުރި މީހެއް ކަމަށް ނުބެލެވޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފަހުން ދީނަށް ފުރައްސާރަކޮށް މުދަލަށާއި ތަންތަނަށް ގެއްލުންދޭ ޒުވާނުން އަންނަނީ ފެންނަމުންނެވެ. މިފަދަ މީހުންގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން ހިނގާފާނެތީ އެ ފަދަ މީހުންނާ މެދު ފިޔަވަޅު އެޅުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ތިމީހާވެސް ކޯޓު މަރުހަލާގަ ނަފުސާނީ މީހަކަށް ވާނީ އަދުލަށް ހުކުމް ކުރޭ މުޖްތަމައުގަ ސާދަ ވިޔަނުދީ