ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، އެ ގާނޫނާއި ގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވާ ކަންކަން ފާހަގަކޮށް ބިމާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. ބިމާ ބެހޭ ގާނޫނަށް މި އިސްލާހު ގެނެސްފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާއި ތަޢާރުޒުވާ ގާނޫނުތައް ފާހަގަކޮށް، އެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައި ވާތީއެވެ.
ބިމާ ބެހޭ ގާނޫނުގައި އިސްލާހްކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ހަވާލު ކުރާނީ، ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ގެނެސްފައިވާ އިސްލާހުގައި، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ހަވާލު ކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތް ކުރަން ވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭ ގޮތުން އަމަލު ކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ވެސް މި ގާނޫނަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.
މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މި ގާނޫނުން ބުނެވި ދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އިސްލާހު ކުރަން ޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މިސްރާބަކީ ޓިނު ނުނަގާ އޮށްވަޅު ގޮނޑި ކުޅުމޭ އިނގޭތޭ ޑޯން ޓްރައި ޓިނު ނެގުން އެއީ ތަމެން ނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނޭ މަމެން ޕިންކީން ދެން ވެސް ވެރިކަމަށް އަތުވެއްޖެނަމަ ޓިނު ނެގުން އޮންނާނެއޭ ރަތްރޮނގު ފުހެލާ އެތަނުގައި ހުދު ކުލަ ލުން ވެސް އޮންނާނެއޭ ތަމެން ނާނާ ނާނާނާ