މާލޭ މަގުމަތިން ދުއްވާފައި ދިޔަ ކާޜެއް ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިފިއެވެ.
ފުލުހުން ބުނީ، މާލޭގައި މި ވަގުތު މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި ވެހިކަލްތައްވެސް ބަލާ ފާސްކުރަމުން ދާ ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅޭ ގޮތުން އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަސް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މި އޮަޕަރޭޝަން ކުރިއަށް ގެންދަނީ މައްޗަން ގޮޅީ ސަހަރާއާ ވީ ހިސާބުގައި މާފަތްތަކުރުފާނު މަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ.
މަންޒަރު ދުއް ބައެއް މީހުން ބުނީ ކާރު ހުއްޓުވާ ޑިކީން ނެގީ ބޮޑު ފޮއްޓެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެތި އަޅާ ބަންދުކޮށްފައި ހުރި ގިނަ އަދަދެއްގެ ޕެކެޓް ހުރި ކަމަށެވެ. އަދި އެ ތަކެތި ނެގީ AB1A T8977 ނަންބަރު ޓެކްސީން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި އެއްވެސް މިހަކު ހައްޔަރު ކުރިކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ދޭތެރެ ދޭތެރެއިން ދިވެހި ފުލުހުން އަންނަނީ މާލޭއާއި ރަށްރަށުގައި އަދި ކަނޑުމަތީގައި ވެސް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ވެހިކަލްތައް ހުއްޓުވައި ފާސްކޮށްފައެވެ. އެ ގޮތުން ބޮޑުތަކުރުފާނު މަގުގެ ދެ ސަރަހައްދެއްގައި އެރޭ ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގާ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރު ކުރިޔަސް، ކޯޓު މަރުހަލާއިން އެއެންމެންހެން ދަނީ ދޫވެ މިނިވަން ވަމުންނެވެ. ބައެއް ފަހަރު ހެކި ހޯދާ ގޮތުން ނޫނީ އިޖުރާއަތުތައް ފުރިހަމަ ނުވެގެން ނޫނީ ވާނުވާގައި ބައިތިއްބާ މުއްދަތު ދިގުވެ ނިޒާމުން ދޫކޮށްލަން ޖެހިގެންނެވެ.
ތިމަސްތުވާ ތަކެތި އަތުލައިގަތުމުގެ ބޭނުމެއްނެތް އެމީހުން ދޫކޮއްލާނެ ވެތުވެދިޔަތިނުގަ ކަންތަށްވީއެހެން 100 ކިލޯގެ މަސްތުވާތަކެތީގަ ސާމިލުވާމިހުންވެސް މިހާރުދުކޮއްލީ ދެންއެމީހުން އަތުލާގަތުމުގެ ބޭނުމަކީކޮބާ
އުންމަތަށް ޝަހާދަތް ކިޔައި އީމާންވެތިބި ހަތްބޯރާހިންގެ ޝަރުއީ ދާއިރާއަށް. ޢެހެން ދުވަސްތަކެކޭވެސް އެއްފަދައިން ބޮޑު އޮޕަރޭސަނަކުން މިއޮތީ އަނެއްކާވެސް އެތަކެއް ދިވެހި ދަރިންގެ ލާރިތައް ފެލެންދިޔަ ޕުލޭނު ހުއްޓވާފައެވެ. މިފަހަރު ދިމާވި މައްސަލައަކީ އޮޕަރޭސަން ހިންގި އޮފިސަރު ހުރީ ކުރިމަތިފަރާތުގައި ޒިބުގެ ބަދަލުގައި 3ގޮށް ލާފައިން ފަޓުލޫނެއް ލައިގެންނެވެ. ޢުންސުރު ހަމަނުވީއެވެ. ޥަކީލު ހިމާރުން ތަކާއެވެ. ބްރިފްކޭސް ސާފުކޮށްލާށެވެ. ޝާޜޫޢީ ދައްޖާލުންނޭވެ، ހޭއަރާތިބެ ފައިކޭޓު ހުޅުވާށެވެ.
ކުއްވެރިވާނީ އެހެން ދިޔަ ދެ ބަންގާޅީންނާއި އެކާރެވެ. ކްރިމިނަލް ކޯރޓާއި ހަމައިން އެހެންމީހުން މިނިވަންވާނެއެވެ.