މަސްވެރިންގެ ދުވަހާ ދިމާކޮށް މަސްވެރިން ނުކުމެ ޝުއޫރު ފާޅު ކުރުމުގެ ހަރަކާތްތައް މިއަދު ގުޅީފަޅުގައި އޮންނާނެ ކަމަށް މަސްވެރިންގެ ޔޫނިއަން އިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ނާޒިމް ވިދާޅުވީ، މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތައް އެއްތަނަކަށް އެއްވެ މަސްވެރިންގެ ޝަކުވާތައް ހިއްސާ ކުރުމަށް ގުޅީފަޅުގައި މިއަދު މެންދުރު ފަހު 02:00 އިން 04:00 އަށް ޝުއޫރުފާޅުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިހަރަކާތުގައި ބައިވެރިވުމަށް 70 ވަރަކަށް ދޯނި އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ހަރަކާތުގައި މަސްވެރިންގެ ޝުއޫރުތައް ފާޅުކުރުމަށް ނިންމާފައި ވާއިރު އެހެން އަހަރުތަކޭ އެއްގޮތަށް މާލެ ވަށާ ބުރެއް ޖެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންނެލި މަސްވެރިންގެ ހައްގުގައި އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި އެ ޔޫނިއަނުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަޑު އުފުލަމުންނެވެ.
މިދިޔަ އަހަރު ވެސް މަސްވެރިންގެ ދުވަހު އެ ޔޫނިއަނުން ވަނީ ދޯނިފަހަރުގައި އެއް ސަރަހައްދަކަށް އެއްވެ މަސްވެރިންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖޭގައި ޓޫރިޒަމް ޕްރޮމޯޓް ކުރާ އުސޫލުން މަސްވެރިކަން ވެސް ޕްރޮމޯތް ކޮށް ކުރިއަރުވަން ޖެހޭ ކަމަށް އެ ޔޫނިއަނުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
ރާއްޖޭގައި މިހާރު މަސްވެރިކަން ކުރާ ގޮތަށް މަސްވެރިކަން ނުކުރެވޭނެއޭ 2030 ގެ ފަހުން ސަބަބަކީ އެއީ އެއިރުން މަސް އޮޑިތަކުގެ އޮޕަރޭޓިންގް ކޮސްޓް ބޮޑުވެ ލިބޭ އާމްދަނީއާއި ޚަރަދާއި އަޅާއިރު ޚަރަދު ބޮޑުވާނެތީއޭ މިކަން ހައްލު ކުރެވެން އޮތީ މާލެ ސަރަހައްދުންނޭ އެގޮތުން މާލެ ސަރަހައްދުގައި އެބަޖެހޭ މަސް ބާނަން ބޭނުންކުރާ އެން ބްރީޑިންގް ފެކްޓަރީ އެއް ހަދަން އެން ދެން ނުލިބޭނެއޭ އެއްވެސް މަސްވެރިކަމެއް ކުރަން ސަބަބަކީ އެންދަމާ ގޮތުން އެން ދެން ފަރުތަކުން އެން ނުލިބޭނެއޭ އޭގެ ކޮޅުމަތި ފެންނާން ފަށައިފިއޭ ރާއްޖޭގެ މަސްވެރިކަމަށް ވެސް ހައްލު އޮތީ މާލެ ސަރަހައްދުންނޭ ކަން މިހެން ހުރުމުން މާލެ ސަރަހައްދުން ޑީޕް ބްލޫސީގައި އެން ބްރީޑިންގް ފެކްޓަރީ ހަދަން ސަރުކާރުން ދޭންވީއޭ ކުއްޔަށް މާލެ ސަރަހައްދުގެ ކަނޑުތައް މިކަން ކުރަން ބޭނުންވާ ޖަޕާން ކުންފުނި ތަކާއި ސިންގަޕޯރ ކުންފުނި ތަކާއި އަދި ޗައިނާ ކުންފުނި ތަކަށް...