އއ. އުކުޅަހު ގެސްޓް ހައުސްއެއްގައި ކްރިމަސް ގަހެއް ބެހެއްޓި މައްސަލް ހޫނުވެ ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން ގަސް ނެގި އިރު އެ ގަސް ބެހެއްޓީ އެ ގެސްޓް ހައުސް ހިންގާ ފަރާތަށް ނޭނގިގެން ކަމަށް ބުނެފިއެވެ.

އެ ގެސްޓްހައުން ހިންގަމުށް ދަނީ ބޭރު މީހެއް ކަމުން އެކަން އޭނާއަށް ކުރެވުނީ ގާނޫނީ ގޮތުން މަނާ ކަމެެއް ކަން އޭނާއަށް ނޭނގި ކަމަށް އެ ރަށުގެ ކައުންސިލް މެންބަރު މުހައްމަދު ހުސްނީ ވިދާޅުވެއެވެ.

އުކުޅަހު ރަންތަރި ގެސްޓް ހައުސްގައި ކްރިސްމަސް ގަހެއް ބެހެއްޓުމުން ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމުން އެ ގަސް ފަހުން ނެގިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުކުޅަހު ކައުންސިލްގެ މެންބަރު ހުސްނީ ވިދާޅުވީ އެ މީހާ ވަނީ މާފުށި ފަދަ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި ކްރިސްމަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ދާތަން ފެންނަ ކަމަށް ބުނެފައިވާ ކަމަށްވެސް ހުސްނީ ވިދާޅުވިއެވެ.

"އަސްލު މިކަން ހިނގާފައިވަނީ މިސްއަންޑަސްޓޭންޑަކުން، ގާނޫނުގައި މަނާ ކަމެއް ކަމެއް ނޭނގޭތީ ކުރެވުނު ކަމެއް ކަމަކީ"
އއ. އުކުޅަހު ކައުންސިލް މެންބަރު މުހައްމަދު ހުސްނީ

ކްރިމަސް ފާހަގަކުރުމަށް އެ ގަސް ބަހައްޓާ ދިއްލުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނުވާ ކަމަށް ހުސްނީ ވިދާޅުވިއެވެ. އަދި އެ ގަސް ބެހެއްޓީ ކޮންއިރަކު ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެހެންނަމަވެސް އާންމުން އެއްވެފައި ވަނީ ރޭ އިރުއޮއްސުނު ފަހުން ކަމަށް ހުސްނީ ވިދާޅުވިއެވެ.

އުކުޅަހު ގެސްޓް ހައުސްއެއްގައި ކްރިސްމަސް ގަސް ބެހެއްޓުމުން އާންމުން ނުރުހުން ފާޅުކުރަނީ

ހުސްނީ ވިދާޅުވީ އެއްވީ މަދު ބަޔެއް ކަމަށާއި ގެސްޓް ހައުސް ހިނގަމުން ދިޔަ މީހާއަށް ގާނޫނުގައި މަނާކަމެއްކަން ކައުންސިލުން ކިޔައިދީ އެ މައްސަލަ ހައްލުކޮށް މާ ގިނައިރު ނުވަނީސް އެ ގަސް ނަގާފައިވާ ކަމަށެވެ.

ހުސްނީ އިތުރަށް ވިދާޅުވީ މިފަދަ ކަމެއް ހިނގަމުންދޭތޯ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަމުން ދާނެ ކަމަށާއި އަދި މިފަދަ ކަންކަމުގައި ފިޔަވަޅު އަޅާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށްވެސް ހުސްނީ ވަނީ ފާހަގަ ކުރައްވާފައެވެ.