ރ. ފުއްގިރީގެ ޑީލްތަކުގައި އިންޑިއާގެ ބައެއް ވިޔަފާރިވެރިން ހިމެނޭކަން ފަޅާ އަރުވާލައިފިއެވެ.
ސިއްރުތައް ހާމަ ކުރާ ޕެންޑޯރާ ޕޭޕާސްގައި ފޮޓޯތަކާއެކު ތަފްސީލުތައް ވަނީ ހާމަ ކޮށްފައެވެ.
ފުއްގިރި ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުންތައް އަދި ވެސް ކުރިއަށް ދާ އިރު "ޕެންޑޯރާ" ޕޭޕާސްގައި ޝާއިއު ކުރި ރިޕޯޓެއްގައި ވަނީ އެ މުއާމަލާތް ތަކުގައި އިންޑިއާގެ ބައެއް ވިޔަފާރިވެރިން ހިމެނޭ ކަމަށެވެ.
ޕެންޑޯރާ ޕޭޕާސްގައި ވާ ގޮތުން އިންޑިއާގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރަކާ އެކު އިންޑިއާގެ ވިޔަފާރިވެރިން ތަކެއް ޕާޓްނަޝިޕް ހަދައިގެން ރާއްޖޭގެ ކުރީގެ ރައީސް އަބްދުالله ޔާމީނާއެކު ޑީލެއް ހަދާފައިވާ ކަމަށް ބުނެއެވެ. ދުބާއީގެ ކްލެސިކް ސިޓި އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށް 1.55 މިލިއަން ޑޮލަރަށް ޓެންޑާ ނުކޮށް ފުއްގިރި ކުއްޔަށް ދީފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރިޕޯޓަރުން ހޯދި ރެކޯޑްތަކުން ދައްކާގޮތުގައި ކްލެސިކް ސިޓީއަކީ އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ނުފޫޒުގަދަ ޑިވެލޮޕަރެއް ކަމަށްވާ އަވީނާޝް ބޯޝާލީގެ އާއިލީ ވިޔަފާރިއާއި ލޮޖިސްޓިކްސްގައި މަސައްކަތް ކުރާ އެހެން ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާނދީގެ އާއިލީ ވިޔަފާރި އާ ގުޅުންހުރި ޕާޓްނާޝިޕެކެވެ.
ބޯޝާލީ އާއިލާއަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ހޮޓާތަކަށް އިންވެސްޓް ކޮށްފައިވާ އާއިލާއެކެވެ. އަވީނާޝް އާއި އަމިތު އާ، ދެ މީހުންނަކީ ވެސް ދުބާއީގައި އިންވެސްޓް ކުރުމަށް ފައިސާ ލޯންޑާކޮށް، އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަކިވަކިން ހުށަހެޅި މައްސަލަތަކެއް ތަހުގީގު ކޮށްފައިވާ ދެ މީހުންނެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ރާއީސް ޔާމީނަށް ލިބިފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ކުންފުންޏެއް ކަމަށްވާ އޭއެންޑްއޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުން ޔާމީންގެ ގާތް ބޭފުޅެއް މެދުވެރިކޮށް ކަމަށް ޕެންޑޯރާ ޕޭޕާސް އިން ލީކް ކުރި ރިޕޯޓުގައި އެބަ އޮތެވެ. އޭއެންޑްއޭ ހޯލްޑިންގްސް ގްރޫޕްގެ ހަގީގީ މިލްކުވެރިންނަކީ އަމިތު ކުމާރު ގާނދީ އާއި އޭނާގެ ބޭބެ އަވީނާޝް ކުމާރު ގާނދީއެވެ.
2019 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެމަނިކުފާނު ވަނީ އިސްތިއުނާފުގެ މަރުހަލާގައި ސްޕްރީމް ކޯޠުން ކުށުން ބަރީއަ ވެފައެވެ.
ރައީސް ޔާމީން މިނިވަން ވި ނަމަވެސް އަދިވެސް މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި އެ މައްސަލަ ތަކުގެ ޝަރިއަތްތައް ވެސް ދަނީ ކުރިއަށެވެ. އެއީ ފުއްގިރީގެ މައްސަލައާއި، އާރަށުގެ މައްސަލައެވެ.
އިންޑިއާ އައުޓް އިންޑިއާގެ އެމްއެމްއެކްސްޕޯރޓް އެއީ ރާއްޖޭން އެންމެ ބޮޑަށް ވައްކަން ކުރާ ކުންފުންނަކީ އެމްއެމްއެކްސްޕޯރޓް އައުޓް ކުރަން ޖެހޭނެއޭ އެމެން އެސްޓީއޯ އަށް ކާރޑް ސަޕްލައި ކުރަން މިއަހަރު އެކަނި ވެސް އެސްޓީއޯ އެމްޑީ އަމްރު އަށް 300 މިލިއަން ރުފިޔާގެ ކަޓެއް ދިނޭ މިވަރުގެ ބޮޑެތި ވައްކަމޭ އެމެން އެކުރަނީ އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ރަތްރޮނގޭ އައުޓް ކަޅުދަބަހޭ އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ރަތްރޮނގޭ އައުޓް ކަޅުދަބަހޭ އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ރަތްރޮނގޭ އައުޓް ކަޅުދަބަހޭ އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް