މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަމަސް ފުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ ލޯންޗް ކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ، ދިދަ އަދި އާ ޔުނިފޯމެއް ވަނީ ތައާރަފު ކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ، ސިޓީ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށް ކަމަށާއި އެ ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭ އިރު ދެ ފަރާތުން ރަމްޒުއް ކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ ކަމަށެވެ. އަދި ހަ އަވަށަށް ވަނީ އެ އަވަށްތައް ރަމްޒުކޮށްދޭ ކުލަތައް ބޭޏުްނ ކޮށްފައި ކަމަށް މާލެ ސިތީ ކައުންސިލުން ބުނެއެވެ.

އެ ލޯގޯ ފަރުމާ ކުުރުމުގައި ބޭނުންކޮށްފައި ވަނީ، އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ނިޝާނެއް ކަމަށް ކައުންސިލުން ބުނެއެވެ. މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯމި ރޮނގުގެ އެމުނުންތަކުން މުޅި ސިޓީގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އިރު، އާ ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމުގައި ބަލައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ ތަސައްވުރަކީ ކައުންސިލްގެ ހުރިހާ ޕްލެޓްފޯމެއްގައި މާލެ ސިޓީގެ ހަ އަވަށް ރަމްޒުކޮށްދޭނެ ނިޝާނެއް ފަރުމާ ކުރުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ ލޯގޯގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައި ވަނީ ހުކުރު މިސްކިތުގެ މުންނާރެވެ.