ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މޫސާ އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް މޫސާ އަވަހާރަ ވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އިބްރާހީމް މޫސާ ވަޅުލާފައި ވަނީ ރޭ ފަތިސް ނަމާދަށް ފަހުއެވެ.

އިބްރާހީމް މޫސާ ފ. އަތޮޅުގެ މެންބަރުކަން ކުރެއްވީ 1990 އަހަރުގެ ތެރޭގައެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ހިންގި އަސާސީ ތައުލީމު އުގަންނައިދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގެން މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދެއްވުމުގައި ވެސް އިބްރާހީމް މޫސާ ހަރަކާތްތެރިވެ ވަޑައިގަތެއެވެ.

އުމުރުން 83 އަހަރުގެ އިބްރާހީމް މޫސާ އަވަހާރަވި އިރު ދުނިޔޭގައި އޭނާގެ އަންބަކާއި ތިން ކުދިން އެބަ ތިއްބެވެ.