ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަކީ "ސައިކޯ" އެއް ކަމަށް ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފްގެ އަނބިކަނަބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން 33000 ޑޮލަރުގެ ރިޝްވަތު ނެގި ކަަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފަށް ދައުވާ އުފުލުމުން، ނަޒޫ ކުރެއްވި ޓްވީޓެއްގައި ވަނީ، ޝަމީމަށް މަރުހަބާ ދަންނަވައި އަދި އޭނާއަށް "ސައިކޯ" ގެ ނަމުން މުހާތަބު ކުރައްވާފައެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަހްލޫފަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި ހުރި އިރު، އޮގަސްޓު 27، 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން 33،000 ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މަހްލޫފްގެ އެކައުންޓަށް ސެޕްޓެންބަރު 1، 2014 ދުވަހު ޖަމާކޮށްފައި ވާތީއެވެ. މިއަދު ޕީޖީން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައި ވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ.
ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑް ކުރެއްވިއެވެ. ނަމަވެސް ހަތަރު މަސްދުވަހަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މިއެނގުނީ މީނާގެ ފެންވަރު. ހީކުރެވިފައި އޮތީ މީނާ މިއީ ހުދު ވަލުގައި ހިފޭ ވަރުގެ މީހެއް ކަމަށް. ވޯޓަށް 1 ދުވަހަށް ވީމާ އިއްތިފާގުންވެސް ފައިސާ ނެގިފައި އޮންނާނެކަން މަށެއް ގަބޫލެއް ނުކުރަން. މިއީ ސާފުކޮށް ވޯޓު ވިއްކުން.
ތީވަރަޢްބޮޑު ޖޯކެއް ސައިކޯޕަތު.