ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން، 21،181.80 ކިއުބިކް މީޓަރުގެ ގިރާ ސަރަހައްދަށް ވެލި އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއު އެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މި މަޝްރޫއު އަކީ 87.28 މިލިއަން ރުފިޔާއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން 63 މަޝްރޫއު އެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން 7 މަޝްރޫއު އަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫއު އެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.