ސާފުތާހިރު އަދި އަމާން ވެއްޓެއް ގާއިމު ކުރުމަށްޓަކައި ރާއްޖޭގެ ދިވެހިންނާއެކު ރާއްޖޭގައި އުޅޭ އިންޑިއާ މީހުން ނިކުމެ ހުޅުމާލެ ބީޗް ސަރަހައްދު ސާފުކޮށްފިއެވެ.

އިއްޔެ ހުޅުމާލެ ބީޗް ސަރަހައްދު ސާފު ކުރީ އިންޑިއާ ހައިކަމިޝަންގެ އިތުރުން، އިންޑިއާ ކަލްޗަރަލް ސެންޓަރާއި، ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް (ފިއާމް) އަދި ބައިކް މޯލްޑިވްސް ގުޅިގެންނެވެ. މި ހަރަކާތުގައި ހުޅުމާލެ ބީޗް ސަރަހއްދުގައި ހުރި ކުނިތައް ނަގާ އެ ސަރަހައްދު ވަނީ ސާފުކޮށްފައެވެ.

ހުޅުމާލެ ބީޗް ސަރަހައްދު ސާފު ކުރުމަށް ފަހު އެ ހަރަކާތުގައި ބައިވެރިވި މީހުން ވަނީ ބައިސްކަލު ބުރެއް ވެސް ޖަހާފައެވެ. މި އިވެންޓުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ވަނީ ބައިވެރިވެފައެވެ.

ހުޅުމާޅެ ބީޗް ސަރަހައްދަކީ މޫދަށް އެރުމަށާއި އަދި ހިތްފަސޭހަ ކޮށްލުމަށް އެތައް ބަޔަކު ގޮސްއުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ދޭތެރެދޭތެރެއިން ފުޅިއާއި ކޮތަޅާއި ޕްލާސްޓިކް އަދި ކަރުދާހުގެ އެކި ބާވަތްތަކުގެ ކުނި ބުނި ގިނަ ވެފައި އޮންނަ ސަރަހައްދެކެވެ.

އިއްޔެ އިންޑިއާ މީހުންނާ ގުޅިގެން ދިވެހިން ހުޅުމާލެ ބީޗް ސަރަހައްދު ސާފުކޮށްފައި ވާއިރު ދޭތެރެދޭތެރެއިން އެޗްޑީސީން ވެސް އެ ސަރަހައްދު ސާފު ކުރަން ނުކުންނަ ކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ހުޅުމާލޭގެ ބީޗް ސާފުކުރުމަށް ފަހު ބައިސްކަލް ބުރެއް ޖަހަން ތައްޔާރުވެގެން

ސާފުތާހިރު އަމާން ވެއްޓެއް ގާއިިމު ކުރަން ބޭނުންވާ ނަމަ ކޮންމެ މީހަކު ވެސް ކުނި އުކާލާ އިރު ވިސްނާލަން ޖެއެވެ. ރާއްޖޭގައި ރީތި ވެއްޓެއް ގާއިމު ކުރެވޭނީ މި ފަދަ ކަންކަމުގައި އެންމެން ބައިވެރިވެ ކުނި އެޅުން މަދު ކޮށްގެންނެވެ.