ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންތާ 3 އަހަރު ފުރުނު އިރު އެ ތިން އަހަރަކީ ކާމިޔާބު ތިން އަހަރު ކަމަށް ކައުންސިލްތަކުން ބުނެ، އެމަނިކުފާނަށް މަރުހަބާ ކިޔައިފިއެވެ.
ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅީގެން ބައެއް ކައުންސިލްތަކުން ވަނީ ރައީސް އަށް މަރުހަބާ ކިޔައި ޝުކުރު އަދާކޮށް ބަޔާން ނެރެފައެވެ. އެ ގޮތުން އއ. މުރައިދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، ކައުންސިލްތައް ހިންގުމުގެ ފުރުސަތު ވަނީ މި 3 އަހަރު ތެރޭ ފުއްދައި ދީފައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކު ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ދިއުމަކީ ހާއްސަ ކަމެއްގެ ގޮތުގައި މުރައިދޫ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު އެ ރަށުގައި މިހާރުވެސް 7 މަޝްރޫއެއް ކުރިއަށް ދާ ކަން ވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
ހއ. ހޯރަފުށިން ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވޭތުވެދިޔަ ތިން އަހަރަކީ ކާމިޔާބު ތިން އަހަރު ކަމަށެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައި ދޮރޯށި ކަސްތޮޅުއެޅި، ބަންދުވި އެންމެ ނާޒުކު ހާލަތުގައި ވެސް ހިކުމަތްތެރިކަމާ އެކު ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ހާއްސަ އިނާޔަތްތަކާއި، ލުއިފަސޭހަ ތަކަކީ ވެރިއެއްގެ ހެޔޮފުޅުކަމުގެ ދިރި ހުރި މިސާލެއް ކަމަށެވެ. އެގޮތުން ދުވަހަކު ލޮލުން ދެކެފައި ނުވާ، ކަންފަތަށް އިވިފައި ނުވާ، އަސްލަށް ލިބިފައި ނުވާ އިނާޔަތްތަކާއި ލުއި ފަސޭހަތައް ދެއްވި ހަމައެކަނި ރައީސް ސޯލިހުގެ ސަރުކާރު ކަމަށް އެ ކައުންސިލުން ބުނެއެވެ.
ގއ.ދާންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ރާއްޖޭގެ ދައުލަތުގެ އާމްދަނީން ކުރިއަށް ކުރަން ރާވާ ކަންކަމުން ފެނިގެން ދަނީ ކުރިމަގު އޮންނާނެ އުންމީދީ ދުރު ރާސްތާއެއް ކަމަށެވެ. އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންކަން ކުރުމުގައި، މި ސަރުކާރުން އެންމެ ފުރިހަމަ އެއްބާރުލުން ދޭ ކަން އެ ކައުންސިލުން ފާހަގަ ކުރެއެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކައުންސިލް މަސައްކަތް ކުރާނީ ސަރުކާރާ އެކު ރައްޔިތުންނަށް ކުރިއެރުން ގެނުވުމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލުން ބުނީ، ތަރައްގީއަށާއި މުޅި ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރާ ކަމަށާއި އަދި އަދުގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ. ހަމައެއާއެކު ކުޑަރިކިލު ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމަށް މިއަދުގެ ސަރުކާރުން ކުޑަރިކިލުގައި ހިންގަމުންދާ ބޮޑެތި މަޝްރޫތައް އުފަލާއެކު ހެޔޮހިތުން ރައްޔިތުން ބަލައިގަންނަމުން ދާކަން ފާހަގަކުރާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ކޮވިޑްގެމިދަތި އުނދަގޫ ދުވަސް ތަކުގައިވެސް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި ސާބިތުކަމާ އެކު ސަރުކާރުން މަސައްކަތް ކުރާ ކަމީ މި ކައުންސިލުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއްކަމުގައި ބުނެފައި ވެއެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ހިދުމަތެއް މެދުނުކެނޑި، ކާމިޔާބު ތިން އަހަރު ނިމިގެން ދިޔައިރު މާލީގޮތުން ގިނަ ގޮންޖެހުން ތަކެއް ހުރި ނަމަވެސް މިނިމަމްވޭޖް ކަނޑައަޅައި، ސަރުކާރުގެ ވައުދުތައް ފުއްދަމުން ދާކަމީ ދެބަސްވެވެން ނެތް ކަމެއް ކަމަށް ކުޑަރިކިލު ކައުންސިލުން ބުނެއެވެ.
ނޮވެންބަރު 17، 2018 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ. ސިޔާސީ ހަމނުޖެހުންތަކާއި އިޖްތިމާއީ އެތައް މައްސަލައެއް ހުއްޓެވެ. ވެރިކަމާ ހަވާލުވެވަޑައިގެންތާ އަހަރެއް ފާއިތުވެ ދިޔަ ފަހުން މުޅި ދުނިޔެއަށް ދިމާވި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހުއްޓުނެވެ ނަމަވެސް ސަރުކާރު ކާމިޔާބު ކަމާއެކު ވަނީ ގިނަ މަޝްރޫތަކަކާއެކު ކުރިއަށް ގެންގޮސްފައެވެ.
މިއަދު ސަރުކާރަށް 3 އަހަރު ފުރުނު އިރު ކާމުޔާބީ ފާހަގަކޮށް ރާއްޖޭގެ އެތައް ކައުންސިލަކުން ވަނީ ބަޔާންތައް ނެރެފައެވެ.
ރައީސްޔާމީނު ސަރުކާރުން ފަންޑުހޯދާ ނިންމާފަ ހުރިތަންތަންވެސް ވޭތުވެދިއަ ތިންއަހަރުގައިވެސް ނުނިންމުނު އެހެނޫންތޯ
މާލެ ސަރަހައްްދުގެ ރައްޔިތުންނަށް ގޯތި ދޭނަމޭ ބުނެ އެއްވެސް ކަމެއް ނުކޮށް ދައުލަތުގެ މާލިއްޔާ އިން 3 ބިލިއަން ރުފިޔާ ބަނޑުއަޅާލައިގެން އެފައިސާ ހިފައިގެން ގޮސް ރާއްޖޭން ބޭރުގެ ބޭންކް ތަކަށް ޖަމާކުރި ބަތާހަރާމީ ހަރާމްކޯރު ސަރުކާރެކޭ މީ މީސީދާ ބަތާހަރާމީ ރައީސެކޭ ރައީސް އިބޫ އެއީ ބަތާހަރާމީއެކޭ
ހިޔާ ފްލެޓްްސް ތަކުގެ ކުލި ބޮޑު ކުރި ރައްޔިތުންނަށް ގައްދާރުވެފައިވާ ގައްދާރު ސަރުކާރެކޭ މީ މީ ސީދާ ރައްޔިތުންނަށް ބަތާހަރާމީވެ ހަރާމްކޯރުވެފައިވާ ސަރުކާރެކޭ
ފިނޭންސް މިނިސްޓަރު އަމީރަކީ އެއްވެސް ތަޖްރިބާ އެއް ނެތް ދަ ކިއްލިތަޅާ ކިޔަވައިގެން އައިސްހުރި މީހެކޭ އެއީ ވާނުވާ ފިނޭންސް މިނިސްޓަރޭ އަމީރު އިސްތިއުފާ