ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓެއްގެ ވޯޓާ ބަންގްލޯއެއްގައި ޖެހި އެކްސިޑެންޓެއް ހިންގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ފިނޮޅަށް ކުރި ދަތުރުގައެވެ. އެ ސީޕްލޭން ޖެއްސި ވަގުތު ވޮޓާ ބަންގްލޯއެއްގައި ޖެހިފައިވާއިރު އެ ވަގުތު ސީޕްލޭންގައި ފަސިންޖަރުންވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އަދި ސީޕްލޭންއަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާރު އެ ސީޕްލޭންގައި ތިބި ފަސިންޖަރުން ވަނީ ބާލާފައެވެ.

މި ހާދިސާއާ ގުޅިގެން ޓީއެމްއޭއާއި ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.