އެމްޑީޕީގެ ވައުދެއް ކަމުގައިވާ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމަނާފައިވާ އަދި އެޖެންޑާ19 ގައި ހިމެނިފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެ ވައުދު ފުއްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށާއި އެކަމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މިއަދު ކަނޑައެޅި އުޖޫރައަކީ މިއަދުގެ ހާލަތާ ގުޅޭ، އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ދުރު މުސްތަގުބަލުގައި އޭގެ ފައިދާ ލިބިގެން ދާނެ އުޖޫރައެއް ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
މިނިމަމް ވޭޖް މިއަދު ކަނޑައަޅައި ސަރުކާރުން އިއުލާނު ކުރިއިރު، މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ:
ކުދި ފަންތީގެ ވިޔަފާރި: 4500ރ.
މެދު ފަންތީގެ ވިޔަފާރި: 7000ރ.
ބޮޑެތި ވިޔަފާރި: 8000ރ.
މީގެ އިތުރުން ޕަބްލިކް ސެކްޓާގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ 9 ދާއިރާއަކުންނެވެ.
މޑޕ ގެ ވައުދެއްތަ އެއީ މުޅި ދައުލަތް މެމްބަރުންނަށާ ތިން ވެރިންނާ ޕާޓީގެ ބޮޑެތިމީހުންނަން ބަހާލުން ވެރިކަމަށް އެރިޔަސް ތިމީހުންގެ އެކަނި ހައްގެއްނޫ
ތިންވެރިންނަށް ބައި އަޅާފަ ތިންވެރިންނަށާ މަޖިލީސް މެންބަރުންނަށް ހުރިހާ އަގުބޮޑެތި އެންމެހާ ކަމެއް ކޯއްޗެއްތަ ހަރަދުތަކަކަން ގޮތެއް ހަދާކަށް ނޫޅެ ހައްތާ ދަނީ ކަންތައް މައްޗައް މަޖިލީސް އުވާލާނެނަމަވެސް ހާދަ ފައިސާއެކޭ ސަލާމާތް ކުރެވުނީ