ހއ. ކެލާ ކޯޓު ހިންގާ އިމާރާތުގެ ބޭރަށް ބަޔަކު ކަޅު ތެޔޮ ޖަހައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކޯޓުން ބުނީ، އެ އިމާރާތުގެ ބޭރަށް ކަޅު ތެޔޮ ޖަހާފައި ހުރި ކަން އެނގުނީ މިރޭ 8:00 ހާއިރު ކަމަށެވެ. އެހެންކަމުން ބަޔަކު އެކަން ކޮށްފައިވާ ކަމަށް ބެލެވެނީ މިއަދު އިރުއޮއްސުނު ފަހުން ކަމަށް އެ ކޯޓުން ބުނެއެވެ.
މި ވަގުތު މި މައްސަލަ ކަމާ ގުޅުން ހުރި ފަރާތަކަށް އަންގާފައި ވާ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ. އަދި މިކަން ކުރީ ސީދާ ކޮންބައެއްކަން ނޭނގޭ ކަމަށް ވެސް ކޯޓުން ބުނެއެވެ.
އެ ރަށު މީހުން ބުނާ ގޮތުގައި މިއީ ވަރަށް ފިނޑި އަމަލެކެވެ. ކަމެއް ހާސިލް ނުވުމުން ނުވަތަ ކަމެއްގައި ހިތްހަމަނުޖެހުން ފާޅު ކުރުމަށް މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެ މީހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ކޯޓު ސަރަހައްދުގައި އެ ރަށު ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.
ކެލާގަތިބޭފުލުހުންނަކީ އެއްއަތައްގޮސް ހުސްވެފަތިބޭ ވަކިބަޔަކުދޭ ޗާބީއަކައްގުޑާ ފުލުހުންތަކެއް