ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު މިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހު ނިމިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން 1.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

އެ މަޝްރޫއަކީ ޖުމްލަ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 55 ދުވަހަށް މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް އަޅާށެވެ.