ކްލަބް މޯލްޑިވްސް ކަޕް 2021 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އޫރީދޫ ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޯޕަރޭޓް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އެ ކުންފުނި ހަމަޖއްސާފައިވާ ކަމަށެވެ.

މި މުބާރަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ ޓޯނަމެންޓް ނިމޭނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް އުރީދޫން ބުނެއެވެ.

މިއަހަރު ބާއްވާ ކްލބް ފުޓްބޯޅަ މުވާރާތުގައި ޖުމްލަ 32 ތީމް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އަންހެނުންގެ 8 ޓީމެއް ވިމެންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައި ވަނީ ބީއެމްއެލް އިންނެވެ. އަދި އަންހެނުންގެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ އެމްޕީއެލްއެވެ. މިއީ ރާއްޖޭގައި އޮފީސްތަކަށް ހުޅުވާލަގެން ބާއްވާ އެންމެ ބޮޑު މުބާރާތެވެ.