މާލޭގައި ކުރިން ޕީޕީއެމް ރުމާލު ޖަހަގަ ހިންގި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ ރެސްކިއު ޓީމުން ދަނީ އަލިފާން ނިއްވާލުމަށް މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ އިމާރާތުގައި ގުދަނުގެ ގޮތުގައި ބޭނުން ކުރާ ތަނުގައި ކަމަށެވެ. މި ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 4:52 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނާއިރު މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.