ކ. ތުލުސްދޫގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލައިގައި، އެ ރަށު މުހައްމަދު ނިޔާޒުގެ މައްޗަށް މަރުގެ ހުކުމް އިއްވާނީ އަލީ ޝިހާމްގެ ދެ ކުދިންނަށް 18 އަހަރުވުމުން ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
މިއަދު ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، މުހައްމަދު ނިޔާޒް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ. ހައި ކޯޓުން ބުނީ ގަސްދުގައި މީހަކު މަރުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް މި މައްސަލައިގައި ފުރިހަމަވާ ކަމަށެވެ. މެރުމުގެ ގަސްދު ނެތް ކަމަށް މުހައްމަދު ނިޔާޒް ބުނި ނަމަވެސް، މީހަކު މަރުވާނެ ފަދަ އާލާތެއް ބޭނުންކޮށްފައި ވާނަމަ އެކަމުގައި މެރުމުގެ ގަސްދު އޮތް ކަމަށް ގަބޫލު ކުރެވޭނެ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އަލީ ޝިހާމްގެ ވާރިސުންގެ ތްރޭގައި ދުނިޔޭގައި ތިބީ އޭނާގެ އަންހެނުންނާއި، މާމައާއި އޭނާގެ 18 އަހަރު ނުފުރޭ 2 ކުދިންނެވެ. އޭނާގެ އަންހެނުންނާއި މާމަ ވަނީ މުހައްމަދު ނިޔާޒްގެ ކިބައިން ގިސާސް ހިފަން ބޭނުން ކަމަށް ބުނެފައެވެ. ނަމަވެސް އެ ދެ ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަ ބުނީ، މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ.
ދަރިން ބޮޑުވަންދެން މަރުގެ ހުކުމް ތަންފީޒު ނުކުރުން މުހިންމު ކަމަށާއި، އަލީ ޝިހާމްގެ ވާރިސުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން އެބަތިބި ކަމަށް ފަނޑީޔާރުން ބުނެއެވެ. ހަމައެއާއެކު ފިގުހީ ރައުޔުތަކަށް ބަލާ އިރު، ގިސާސް އަކީ ހުރިހާ ވާރިސުންނަށް ލިބިދޭ އަދި ހުރިހާ ވާރިސުން ބައިވެރިވާ ހައްގަކަށް ވާތީ އެއްވެސް ވާރިސެއްގެ ހައްގު ގެއްލުވާލުމުގެ ބާރު އެހެން ވާރިސަކަށް ނޯންނާނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގަތެވެ.
އެހެންކަމުން ކުޑަކުއްޖާ ބޮޑުވެ ތަސައްރަފު ފުރިގެން އޭނާގެ ބަސް އިއްވާ އިރު ގާތިލަށް މައާފު ދިނުމުގެ އިހްތިމާލު ވެސް އޮންނާނެތީ ބުރަވެވެނީ މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުދިން ބޮޑުވެ ތަސައްރަފު ފުރެންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް މަޑުކުރުން މުހިންމު ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވެއެވެ.
މި މައްސަލައިގައި ހައި ކޯޓުގައި މުހައްމަދު ނިޔާޒް ވަނީ މަރަށް މަރުގެ އަދަބު ދިނަސް އެންމެ ރަނގަޅު ކަމަށާއި ނަމަވެސް އެ ހުކުމް ތަންފީޒު ނުކޮށް އިތުރު އަދަބުތަކެއް ދިނުމަށް ބޭއްވުމުގެ މާނައެއް ނެތް ކަމަށް ބުނެފައެވެ.
މީގެ ކުރިން މި މައްސަލައިގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. މުހައްމަދު ނިޔާޒުގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މަރުވުމުގެ ދައުވާ ސާބިތުވާތީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ. އެއީ މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.
އަލީ ޝިހާމަށް ތޫނު ހަތިޔާރުން ހަމަލާދީފައި ވަނީ އޭނާގެ ބެލުމުގެ ދަށުން ތުލުސްދޫގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނަކުން ވައްކަން ކުރުމުގެ އިލްޒާމް މުހައްމަދު ނިޔާޒުގެ މައްޗަށް ކުރުމުން ބަދަލުހިފުމުގެ ގޮތުންނެވެ. އަލީ ޝިހާމަށް ނިޔާޒް ހަމލާ ދީފައި ވަނީ އެ ރަށު ދުށްފަޅުގޭ ކައިރީގައި އޮންނަ ހުސް ބިން ސަރަހައްދުގައި ހުރި ގަސްތަކުގެ ތެރެއިން ގަހެއްގައި އެލުވާލާފައިވާ ގޯނީގައި އޭނާ އޮއްވައި މުހައްމަދު ނިޔާޒު ބައިސްކަލެއްގައި ގޮސް، ޝިހާމްގެ މެއަށް ވަޅިއެއް ހަރާލައިގެންނެވެ.
މުހައްމަދު ނިޔާޒް ބުނީ އަލީ ޝިހާމަށް ހަމަލާ ދިނީ މާރާމާރީ ހިންގުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް އޭނާ މަރާލުމުގެ ގަސްތެއް ނެތް ކަމަށެވެ. އަދި އެކަމަށް އަލީ ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ފައިސާ ގަނޑެއް ވިއްޔާ 18 ބެލުމެއްނެތި ކައި ހުސް ކުރޭ ....އިސްލާމް ދީ ފަނާ ކުރާ ފަނޑިޔާރުން.....
ސިހާމް ނިޔާވި އިރު އޭނާގެ ދެކުދިންގެ އުމުރެއް ނޭނގެ އަދި މިހާރު އެކުދިން ވީ އުމުރެއް ވެސް ނޭނގެ..
18 އަހަރު ވިޔަސް ތިކަމެއް ތަންފީޒެއް ނުކުރާނެ
އެކުއްޖާ ބޮޑުވެ ތަސައްރަފު ފުދުން... މިއީ 18 އަހަރުގައި ވާކަމެއްތޯ!
ގޯނީގަތޯ އޮއްވާ މަރާލީ
ކޮން އިރަކު ހިނގި ހާދިސާއެއް ތޯ؟ ވަރަށް ފަހުގެ ކަމެއް ތޯ؟
ތަކީ އެޅެ ކޫދަށް
އަހަރެމެން ނޭދެން މީހުން މަރާ މިހުންނަށް އަހަރެމެންގެ ލާރިން ކާންދީ ބޯންދީ ނިދާނެތަންދީ ބޭސްފަރުވާކުރާކަށް. މަރަށް މަރުހިފަން ހުކުމް ކުރާމީހުން ޖެހޭނީ މަރަން.
އެހެންވީމަ ހުރިހާ އެކުދިންނަށް 18 އަހަރު ފުރެންދެން ނިޔާޒަށް އެއްވެސް އިތުރު އަދަބެއް ދެވިގެންނުވާނެ. ހުކުމް ތަންފީޒު ކުރުމުގެ ކުރިން ނިޔާޒު މަރުވެއްޖެނަމަ ހުކުމް ތަންފީޒު ކުރެވުނީތޯ؟އެހައްގު ދައުލަތުން ފުރިހަމަ ކުރެވުނީތޯ؟ އާއިލާއަށް އިންސާފު ހޯދައިދެވުނީތޯ؟ ގައުމުގައި އިސްލާމީ ޝައީއަތް ގާއިމް ކުރެވުނީތޯ؟
ކޮން ފޮތެއްގަ އޮތީ 18އަހަރު ވާހަކަ... ބާލިޢު ވީމަ އެނިމުނީ ...
ކޮންމެވެސް އެއްޗެކޭ ކިއާފަ ހުކުމް ތަންފީޒު ނުކުރަރަން ވެގެން
ތިޔޮތީ ހަމަ މަރަން ހިފާފާ... އެހެންނޫނީ މެޔަށް މީހުން ވަޅި ހަރާތަ.... މާރާމާރީނަމަ ގައިގެ ކޮންމެވެސް ތަނެއްގަ ވަޅި އަޅުވާފަ ރާއްކާވިނަމަ ބުނެވުނިސް ތިޔަހެން...
18 އަހަރު ނުފުރޭ ކުދިންގެ ޢުމުރު ހިމަނާ ނުލީ ކީއްވެ ލިޔުންތެރިޔާ. އެހެންނަމަ މި ލިޔުން ތަންކޮޅެއް ފުރިހަމަވީސް
މަރާލުމުގެ ނިޔަތެއް ނެތް ވަޅިހެރީ މެޔަށް؟ ގިނަދުވަސް ވަންދެން ޖަލުގައި ބޭއްވުމުގެ ބޭނުމަކީ ކޮބާ؟
ކުދިންނަށް 18 އަހަރު ވަންދެން ގާތިލު ގެއަށް ފޮނުވާފަ ބަހައްޓަން ފެނޭ. ގަސާތަކާ ނުލައި އިތުރު އާއިލާއެއް ޔަތީމުކޮށްލަން. ސައްތައިންސައްތަ އިސްލާމީ އުއްމަތެއްގެ ނަންބޯޑް އަޅުވައިގެން. މަރުގެ ހުކުމް ތަންފީޒުކުރުމަށް ފަސްޖެހެނީ ކީއްވެ