އެސްޓީއޯއާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ގުޅިގެން "އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއާ ޓްރޭނިންގް" ޕްރޮގްރާމެއް ނިންމާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ އޭއީއެޗް އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިކޮށްގެންނެވެ.

އެގޮތުން އެ ޕްރޮގުރާމަކީ އެސްޓީއޯ އަދި އޭއީއެވް އިން ސްޕޮންސާ ކޮށްގެން ކޯޑް ބްލޫގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ޕްރޮގުރާމް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައި ވާއިރު އެ ޕްރޮގުރާމުގައި މައިގަނޑު ތިން ކޯހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއީ އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިން އާއި އިމާޖެންސީ ޓްރޯމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓް އަދި އެޑްވާންސްޑް ކާޑިއޯވެސްކިއުލާ ލައިފް ސަޕޯޓްއެވެ.