އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި ވާ ޔޫކޭގެ މަޖިލިސް މެންބަރު ޑޭވިސް އަމެސް އަވަހާރަ ކޮށްލި މައްސަލަ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަަލަމުންދާ ކަމަށް ޔޫކޭގެ ފުލުހުން ބުނެފިއެވެ.

މި ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ކަނޑައަޅާފައި ވާއިރު މި މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. ފުލުހުން ބުނީ މިހަމަލާގައި ޝާމިލުވާ މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެގައުމުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ 69 އަހަރުގެ ޑޭވިޑް އަވަހާރަ ކޮށްލައިފައި ވަނީ ވަޅިން ހަމަލާ ދީގެންނެވެ. އެތައް ފަހަރެއްގެ މަތިން ވަޅި ހަރާލުމަށް ފަހު ޑޭވިޑް އަވަރާހަ ކޮށްލީ ބައްދަލު ވުކަމަށް ކްރިސްޓިއަން ފައްޅިއަކަށް ވަޑައިގެން ހުންނެވި ވަގުތެއްގައެވެ.

ހަމަލާ އަމާޒުވުމާއެކު ހަތިޔާރު އެޅި ފުލުހުން ވެސް ވަނީ އެ ފައްޅިތެރެއަށް ވަދެ ހަރަކާތްތެރި ވެފައެވެ. މިހަމަލާގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ޑޭވިޑް އަވަހާރަ ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ޑޭވިޑް އަވަހާރަވުމާ ގުޅިގެން އެތައްބަޔަކު ތައުޒިޔާގެ މެސެޖުތައް ފޮނުވާފައި ވާއިރު އޭނާގެ ހަނދާނުގައި އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި ހުރި ދިދަ ވެސް ވަނީ ތިރިކޮށްފައެވެ.