ސޯޝަލް މީޑިއާ އަށް ބަރަހަނާ ވީޑިއޯ އާންމު ކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލާފިއެވެ.

އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ މީހެކެވެ.

މަހަކަށް ވުރެން ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއްކޮށްފަ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާއަށް ޝަރުތުކުރީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމަށެވެ.

ރާއްޖޭގައި ދިރިއުޅޭ އެފިރިހެން މީހާ ބަރަހަނާ ވީޑިއޯއެއް ޓިކްޓޮކްގައި އާއްމުކޮށްފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަމަހު 11 ވަނަ ދުވަހުއެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު އޭނާ ހައްޔަރުކުރަން ގޮވަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ.