ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ، ޑީސަލް އަދި ޕެޓްރޯލް ގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މި ބަދަލުތައް ގެނެސްފައި ވަނީ މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށާއި އެހެންވުމުގެ ސަބަބުން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ބޮޑުވެފައިވާ ކަމަށެވެ.

މި ބަދަލާއެކު އޮކްޓޯބަރު 12، 2021 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ޑީސަލް ލީޓަރެއް ވިއްކަމުން ދާނެ އަގަކީ 11.84 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދާނީ 11.16 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުތަކުގެ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން 3 ވަނަ ފަހަރަށް އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައި އިރު މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީތަރެއް ވިއްކީ 10.72 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 10.95 ރުފިޔާ އަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.