އިންޓަނެޓް ފަތަހަ ކޮށްފައިވާ ދެކުނު ކޮރެއާގެ ޓީވީ ޝޯ "ސްކުއިޑް ގޭމް"ގެ 'ވަރުގަދަ ކަމުން' ޝޯގެ ޕްރޮޑިއުސަރު ހްވާންގް ޑޮންގްގެ 6 ދަތެއް ބިނދުނު ކަމަށް އޭނާ ބުނެފިއެވެ.

ދަތްތައް ބިނދުނީ ސްޓްރެސް ބޮޑުވެގެން ކަމަށް، ނެޓްފްލިކްސް ގެ ތާރީހު ދުށް އެންމެ ކާމިޔާބު ޓީވީ ޝޯގެ މަގާމަށް ވާދަ ކުރަމުން އަންނަ "ސްކުއިޑް ގޭމް"ގެ ޕްރޮޑިއުސަރު ވަނީ ކިޔައިދީފެއެވެ.

ހްވާންގް ވަނީ 2 ވަނަ ސީޒަނެއްގެ އިޝާރާތްވެސް ކޮށްފައެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، ސީރީޒް ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާ، ނަމަވެސް 2 ވަނަ ސީޒަނަކަށްވެސް ހަމަ އެ ހާ މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. މީގެ މާނައަކީ 2 ވަނަ ސީޒަނެއް ކަށަވަރު ވުން ނޫން ކަމަށްވެސް މިވަގުތު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

އިންތިހާއަށް ނުރައްކާތެރި ގޭމްތަކެއްގައި ބައިވެރިވެގެން އުޅޭ، ދަރަނިވެރިންތަކެއްގެ ދިރިއުޅުން ދައްކުވާދޭ "ސްކުއިޑް ގޭމް"އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމުގެ 1 ނަމްބަރު ޓީވީ ސީރީޒްގެ މަގާމު، މިހާރުވެސް ކަށަވަރު ކޮށްފައި ވާ ސީރީޒްއެކެވެ.