ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމްގެ "އެޓޭކް" ރިލީޒް ކުރާނީ އަންނަ އަހަރު ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމާ ގުޅިގެން ޖޯން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ފިލްމު ރިލީޒް ކުރާނީ ރިޕަބްލިކް ދުވަހު ކަމަށެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ އިންޑިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަހާރަޝްތުރާގެ ސިނަމާތައް ބަންދު ކުރުމާ ގުޅިގެން މި ފިލްމު ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ތެރޭގައެވެ.

މި ފިލްމުގައި ޖޯން އަބްރަހަމް ގެ އިތުރުން ރާކުލް ޕްރީތް ސިންގް އަދި ޖެކްލިން ފޭނާންޑޭޒް ފެނިގެން ދާނެއެވެ. މި ފިލްމަކީ ލަަކްޝްޔާ އާނަންދު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަށް ގިނަބަޔު އިންތިޒާރު ކުރަމުން ދާއިރު ހާއްސަކޮށް ޖެކްލިން އަދި ޖޯންގެ ފޭނުން ދަނީ މި ފިލްމުގެ ޕޯސްޓަރުތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.