ހުޅުމާޅެ ނެރުމައްޗަށް އެރި ހިލަ އުފުލާ ދޯނި ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ނެރުމައްޗަށް 200 ފީޓުގެ ހިލަ އުފުލާ ދޯންޏެއް އެރި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް 12:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން 12:36 ހާއިރު އެ ދޯނި ފުންކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެހާދިސާ ހިނގާފައި ވަނީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެއެވެ.

ދޭތެރެ ދޭތެރެއިން މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިމަހު 16 ވަނަ ދުވަހު 8 މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ހދ. މަކުނުދޫ ނެރުމައްޗަށް ވަނީ އަރާފައެވެ.

އެދޯނީގައި ހުރީ ހިލަ، ސިމެންތި އަދި ދަނގަނޑެވެ. އަދި އެހާދިސާ ހިނގާފައި ވަނީ އެމުދަލުން ބައެއް މަކުނުދޫ އަށް ބޭލުމަށް ފަހު ފަޅުން ނިކުންނަން އުޅެނިކޮށް ކަމަށް އެމްއެންޑޫއެފުން ވަނީ ބުނެފައެވެ.

މިފަދައިން ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އެމްއެންޑީއެފުން ފަސް ޖެހުމެއް ނެތި ހަރަކާތްތެރިވަމުންދާ ކަން ފަހަގަ ކުރެވެއެވެ.