އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ފެކްޝަން ކުރި ހޯދައިފިއެވެ.

މި އިންތިހާބަށް ތައްޔާރު ވަމުން ދިޔަ އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. އެއް ބަޔަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މީހުންނެވެ. އަނެއް ބަޔަކީ ރައީސް ސޯލިހަށް ތާއިދު ކުރާ ކެންޑިޑޭޓުންނެވެ.

މިހާތަނަށް އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން ރައީސް ސޯލިހަށް ތާއީދު ކުރާ ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. މި އިންތިހާބުގައި ވާދަކުރި 97 ގޮނޑީގެ ތެރެއިން މިހާތަނަށް 65 ގޮނޑި ނެގީ އެ މަނިކުފާނުގެ ފެކްޝަނުންނެވެ.

މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަ ކުރެއްވި ޔޫތު މިނިސްޓަ އަހުމަދު މަހުލޫފާއި، ލ. ގަމު ދާއިރާގެ ރައީސްކަމަށް ވާދަ ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި މެދު ދެކުނު ޕްރޮވިސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ތިނަދޫ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަ ކުރެއްވި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވެސް ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

އިންތިހާބުގައި ކާޟިޔާބު ހޯޢްދެވި މިނިސްޓަރު މަހްލޫފާއި، ފައްޔާޒާއި އަމީރު، އަދި ކުންފުނިތަކުގެ ވެރިންގެ ތެރެއިން އިންތުހާބުން ކާމިޔާބު ހޯއްދެވި ސައީދާއި، މޫކޭ އަދި އަމރު

ހަމައެއާއެކު ގައްދޫ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރެެވި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އާއި މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރައްވާ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަަނިކާއި، ބިލެތްދޫ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރެއްވި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިތުރުން މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަ ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވެސް ވަނީ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ދާއިރާގެ އިންތިހާބުގައި މާލޭގެ ރައީސް ކަމަށް ވާދަ ކުރެއްވި ކެންޑިޑޭޓް ކުރީގެ މޭޔަރު ޝުފާ މުހައްމަދު ވަނީ އެ ދާއިރާގެ ގޮންޑި ކާމިޔާބު ކުރައްވާފައެވެ. އަދި އަލިފުށި ދާއިރާގެ ރައީސް ކަމަށް ވާދަކުރި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އެ ގޮންޑި ކާމިޔާބުކޮށްފައެވެ.

ރައީސް ނަޝީދަށް ތާއިދު ކުރާ ކެންޑިޑޭޓުން ދިޔައީ "ބަރުލަމާނީ" ނިޒާމެއް ގެނައުމަށް ވަކާލާތު ކުރަމުންނެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރާ ކެންޑިޑޭޓުން ވަނީ "ބަރުލަމާނީ" ނިޒާމާ ދެކޮލާށް ވަކާލާތު ކޮށްފައެވެ. ކެމްޕޭން ޕޯސްޓަރުތަކުގައި ވެސް ރައީސް ނަޝީދަށް ތާއީދު ކުރާ ކެންޑިޑޭޓުން ބޭނުންކޮށްފައި ވަނީ ބަރުލަމާނީ ނިޒާމުގެ ޝިއާރެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބިނާ ނކުރުމުގައި ހާއްސަ ދައުރެއް ދައްކުވައިދޭނެ އިންތިހާބެކެވެ. މި އިންތިހާބުގެ ނަތީޖާ ގުޅިފައި ވަނީ ކުރިއަށް ރިޔާސީ އިންތިހާބާއެވެ. އެމްޑީޕީ ދެބައި ވެފައި އޮތް މި ދަނޑިވަޅުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ރިޔާސީ އިންތިހާބަށް ނުކުންނާނީ ކޮން ކެންޑިޑޭޓެއް ކަން މި އިންތިހާބުގެ ނަތީޖާ އިން ކަށަވަރު ވެގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 9 ޖެހި އިރުއެވެ. މި އިންތިހާބުގެ ދާއިމީ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ މިރޭ ދަންވަރިުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.