ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 'އެޑިއުކޭޝަން އިން އިމަޖެންސީ އެޑްވައިޒަރީ" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އެކުލަވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެ ފަދަ ހާދިސާތަކާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ސްކޫލުގެ މާހައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި އަދި އެކިއެކި އިމަޖެންސީތަކާއި ޑިޒާސްޓާގެ ހާލަތްތަކަށް އިޖާބަދިނުމަށް އެ މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީ އެއް ކަމަށެވެ.
މިއީ މިފަދަ ކޮމެޓީއެއް ރާއްޖޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލި ފުރަތަމަ ފަހަރުއެވެ.
މިކޮމެޓީގައި ހިމެނެނީ:-
- މިނިސްޓްރީ އޮފް އެންވައިރޮމެންޓު، ކުލައިމެޓްޗޭންޖު އެންޑް ޓެކުނޮލޮޖީ
 - ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ
 - މިނިސްޓްރީ އޮފް ފިނޭންސް
 - މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް
 - ލޯކަލް ގަވަމެންޓު އޮތޯރިޓީ
 - މޯލްޑިވްސް ޕޮލިސް ސާވިސަސް
 - ހެލްތު ޕްރޮޓެކުސަން އެޖެންސީ
 - ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ
 - މިނިސްޓްރީ އޮފް ޖެންޑާ، ފެމަލީ އެންޑް ސޯސަލްސާވިސް
 - މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއުސާވިސް
 - މޯލްޑިވްސް ރެޑު ކުރޮސެންޓް ޔުކޭޝަން
 - ޔުނިސެފް ކަންޓްރީ އޮފީސް
 - އެޑިޔުކޭޝަން ސެކުޓަރުގެ ކަމާގުޅޭ ފަރާތްތައް
 
މިކޮމެޓީ އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ތައުލީމީ ގާނޫނުންގެ 13 ވަނަ މާއްދާ އާއި 23 ވަނަ މާއްދާއިން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
