ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވެންގް ލިޒިން އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދާއި ވެންގް ލިޒިން ބައްދަލުކުރެއްވީ ވާޗުއަލަކޮށެވެ. އެހެންނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ތަފްސީލެއް ރައްޔިތުން މަޖިލީހުން ހާމައެއްނުކުރެއެވެ.

ރައީސް ނަޝީދަށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށްފަހު އޭޑީކޭގައި ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާ ހޯދެވީ ޖަރުމަނުންނެވެ. އަދި މިހާރު ފަރުވާ ހޯދަވަމުން ގެންދަނީ އިނގިރޭސިވިލާތުންނެވެ.

ވެންގް ލިޒިން ޗަފީރު ކަމުގެ މަގާމު ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިދިޔަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ. ސަފީރު ކަމަށް، ވާން ލިޖިން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލިޖޮންގްގެ ދައުރު ހަމަވުމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ވެންގް ލިޒިން ވަނީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމާ ވެސް ބައްދަލުކުރައްވާފައެވެ.