ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ނިއުދިއްލީ އަށް އަންނަ މަހު ސީދާ ދަތުރުތައް ފަށަން ތައްޔާރު ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ 21 އިން ފެށިގެން އިންޑިއާގެ ނިއުދިއްލީ އަށް ހަފްތާއަކު ތިން ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހެވެ.

އަދި ދިއްލީންވެސް މާފަރަށް ތިން ދަތުރު ކުރާނެއެވެ. އެއީ އާދީއްތަ، ބުދަ، އަދި ހުކުރު ދުވަހުގައެވެ.

މާފަރުން ނިއުދިއްލީ އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 285 އެމެރިކާ ޑޮލަރުންނެވެ. އަދި ދިއްލީން މާފަރަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 312 ޑޮލަރުންނެވެ.

މިއީ ކޮވިޑް-19 އަށް ފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ އާ އިންޓަނޭޝަނަލް ރޫޓެވެ.

މޯލްޑިވިއަނުން ބުނީ ދަތުރުތަކަށް ހުޅުވާލުމާއެކު މޯލްޑިވިއަންގެ ވެބްސައިޓުންނާއި އެޕުން ޓިކެޓުތައް ގަނެވޭނެ ކަމަށެވެ.

މޯލްޑިވިއަން އަ ސެކްޓާއެއް ފަށާއިރު، އެ ކުންފުނި އޮތީ ބަންގުރޫޓު ވުމުގެ މަގުމަތީގައެވެ.