އިއްޔެއިން ފެށިގެން ގޭބިސީތަކުން ކުނިނަގަން ބަދަލުކުރި ނަމަވެސް ވެމްކޯ ގައި ރަޖިސްޓާ ކޮށްފައި ހުރި ބައެއް ގޭގެއަށް ކުނި ނަގާފައި ނުވާތީ މާލެ ސިޓީ ކައުންސިިލުން ކުނިތައް ނަގަން ފަށައިފިއެވެ.
އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއްިޒު ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނާ، ސިޓީ ކައުންސިލަށް ޖެއްސުން ކުރަން ފުރުސަތު ނުދޭއްވާނެ ކަމަށެވެ.
އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އެހެން ވިދާޅުވެފައި ވަނީ މިދިޔަ އޮގަސްޓު މަހުވެސް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓު ރިޓްވީޓު ކުރައްވަމުންނެވެ. އެގޮތުން އޭރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވަނީ ކޮންމެ މަހަކު ވެމްކޯ އަށް ކައުންސިލުން ކުރަންޖެހޭ ހަރަދުތައް ހިއްސާ ކުރައްވާފައެވެ. އަދި ހިތާމަޔަކީ، ކައުންސިލާއި ވެމްކޯ އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާ މެނޭޖް ކުރުން ކުރިޔަށް ނުގެންދިޔުން ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކަމަކީ ސިޓީ ކައުންސިލުން އިސްލާހު ކުރުވަން މަސައްކަތް ކުރާނެ ކަމެއްކަން ވެސް އޭރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
ވެމްކޯއިން ވަނީ އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގަން ނިންމާފައެވެ. މި ބަދަލާއެކު، ގޭގެއިން މަގުމައްޗަށް ކުނި ނުނެރެން އޮތީ އަންގާފައެވެ.
އެހެން ނަމަވެސް ރަޖިސްޓާ ކޮށްފައިވާ ބައެއް ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގާ މައްސަލަ މިވަނީ ފެންމަތިވެފައެވެ. އެގޮތުން ގިނަ ގެތަކުގައި މިފަދަ މައްސަލަ ދިމާވެފައިވާ ކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.
އިއްޔެ އުކާލަން ނެރެފައިވާ ކުނިތައް އަދިވެސް ހުރީ ހަމަ އެތަނުގައެވެ. ގެތަކުން ކުނި ނުނެގުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެފައެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވެމްކޯ އިން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލަމުންދާ ކަމަށާ އަދި ކުނި ނުނެގި ހުރި ސަރަހައްދުތައް ބަލަމުންދާ ކަމަށެވެ.
އެމެރިކާ ކުންފުންޏަކާ، އިންޑިއާ ކުންފުންޏަކާ ކުރަމުންދާ މަސައްކަތް ތަކެއް ކަމ،ަށް ވާތީ މިކަން ހައްލުކޮއް ދެއްވުމަށް ދިވެހި ރައްުިތުންގެ ފަރާތުން އިންސާފު ހޯދަދެއްވުން އެދި ދަންނަވަން.....؛
އަޖައިބެއް ރައްޔިތުން ވާރު ދައްކާ ކުނި އުކައިދިނުމަކީ އެ ވާރުގެ ތެރެއިން ހިލޭ ކުރެވެން ޖެހޭ ކަމެކެވެ އިތުރުން ވެމްކޯ އަށް އަވަށު ކައުންސިލުން މަގުމަތީ ހުންނަ ކުނި އުކަން ފައިސާ ދައްކާ ފައިސާ ނެގުމަށް ހައްދެއް ނެތް