ދިވެހިންނަށް ބޯކަރުދާހަކީ އާ އެއްޗެއް ނޫނެވެ. ގޭގެތެރޭގައާއި ބާޒާރުމަތީގައި ކުންޏަށް އުކަން ހުންނަ ކަރުދާސް ފޮށި ފެންނަލެއް މަދެއް ނޫނެވެ.
ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކްހެން ކަރުދާސް ފޮީ އުކާނުލިޔަސް އުފެއްދުންތެރި ކަންކަން ކުރެވޭކަން އުމުރުން 29 އަހަރުގެ ޖަޕާނުގެ ފަންނުވެރިއް ކަމަށް ވާ މޮނާމީ އޯނޯ ވަނީ ސާބިތުކޮށްދީފައެވެ.
ކޮލެޖުގައި އުޅުނު އިރު އަޖުމަ ބަލާލަން އޯނޯ ތައްޔާރު ކުރީ ބައިސްކަލެއް ކަހަލަ އެއްޗެކެވެ.
އޭނާ ބުނިގޮތުގައި ބޯކަރުދާސް ފަތްޖަހާ ގޮތްގޮތް ހަދައިގެން ތަތްކޮށް ހަދާތަން ފެނުމުން މީހުންގެ ފަރާތުން ވަރަށް ތައުރީފު ލިބުނެވެ. އަދި މީހުން އޭނާގެ އެ ހުނަރު ފާހަގަކުރުމުން ވަރަށް އުފާވާކަމަށްވެސް ބުންޏެވެ. އޭނާބުނި ގޮތުގައި މިހުރިހާ ދުވަހަކު އެކަން ކުރީ މީހުން އޭނާގެ މަސަތްކަތް ބަލައިގަންނާތީއެވެ.
މިވީ 10 އަަހަރު ދުވަސްތެރޭގައި އޭނާވަނީ ކާޑުބޯޑު ނުވަތަ ބޯކަރުދާސް ބޭނުން ކޮށްގެން ވަރަށް ގިނަ އެއްޗެހި އުފައްދާފައެވެ. އޭގެތެރޭގައި މަޝްހޫރު ތާރީހީ ބިނާތަކާއި އެނިމޭޓެޑް ރޮބޮޓުތަކާއި ޓޭންކާއި ފައިޓަރު ޖެޓާއި ބޮޑު ބަޑިއާއި މެކްޑޯނަލްޑުގެ ކެއުމެއްވެސް ހިމެނެއެވެ.
އޯނޯގެ މި އަތްތެރި މަސައްކަތަކީ މީހުންގެ ތެރޭގައި ވަރަށް މަގުބޫލު މަސަތްކަތެކެވެ. އަދި އޭނާގެ މަސަތްކަތް ވަނީ އެކިއެކި މައުރަޒުތަކުގައިވެސް ދައްކާލައިފައެވެ.
އޯނޯ މަސަތްކަތް ކުރާއިރު ބުލޫ ޕްރިންޓެއް ބޭނުންކުރުމުގެ ބަދަލުގައި ކާޑުބޯޑުގައި ބޭނުންވާ އެއްޗެއް ކުރަހާލާފައި އޭނާ ބޭނުން ސައިޒު ޔަގީން ކުރުމަށް ފަހު ޑިޒައިން ކަފާ ބޭނުން ވާ ގޮތައް އެ އަތުރާލުމަށް ފަހު ތެރަހުން ތަތްކޮށްލަނީއެވެ. އަދި ބައެއް ފަހަރު ފެންވެސް ބޭނުން ކުރެއެވެ.
މިހާރު ބޮޑު ސްޓޫޑިއޯއެއްވެސް ހިންގާ އޯނޯގެ ސްޓޫޑިއޯގައި ހުންނަނީ މުޅިންވެސް އޭނާގެ އުފެއްދުންތަކެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެކައްޗަކީ އޭނާ ހަދާފައިވާ ކުޑަކުއްޖެއްގެ ސައިޒުގެ ލެގޯ ބެޓްމޭން ފަރުމާއެކެވެ. އޯނޯ ބުނީ އަބަދުވެސް އުފައްދަނީ އޭނާގެ ކޮޓަރީގައި ބަހައްޓަން ބޭނުންވާ ފަދަ ފަރުމާތައް ކަމަށެވެ. އޯނޯއަކީ މިހާރު ބޯކަރުދާހުގެ ފަރުމާތައް އުފައްދާ ވިއްކައިގެން ރަނގަޅު އާމްދަނީއެއްވެސް ހޯދާ މީހެކެވެ. އޭނާ ބުނި ގޮތުން 900 އާއި 1300 ޑޮލަރާ ދެމެދުގެ އާމްދަނީއެއް މަހެއްގެ މައްޗަށް ލިބެއެވެ.