ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައި އޮއްވައި ފްލެޓް ލިބޭ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ މީހެއްގެ ފްލެޓް އެހެން މީހަކަށް ހަވާލު ނުކުރުމަށް ހައުސިން މިނިސްޓްރީ އަށް އަންގައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ ސިވިލް ކޯޓަށް އެމީހާ ހުށަހެޅި މައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުގައި ބޭއްވި ޝަރީއަތުގައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކުރި ސަޕޯޓް ސާވިސް ކެޓަގަރީން ފްލެޓް ލިބިފައިވާ ކަން އަންގާފައިވާ މީހަކަށް ސަރުކާރުން ފްލެޓް ނުދޭން ނިންމާފައިވާ މައްސަލަ އެމީހާ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި އެމީހާ އެދިފައި ވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެހެން ފަރާތަކަށް އެ ފްލެޓް ނުދޭން ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެހެންކަމުން އެމީހާ ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެގޮތުން މިއަދު ހައިކޯޓުން މައްސަލަ ބަލައި ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ނިމޭ ގޮތަކުން އެ މީހާއަށް އަލުން ފްލެޓް ދޭން ޖެހިއްޖެ ނަމަ، އެ މީހާއަށް އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓެއް ދެވޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދީފައި ނުވާ ކަމަށެވެ. އެހެންވެއްޖެ ނަމަ، އެއީ އެ މީހާއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވަތީ، އޭނާއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް އެބައޮތް ކަމަށެވެ.
ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތް އޮތުން ތަންފީޒު ކުރަން ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގާ ކަމަށެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.
މިއީ ހިޔާ މަޝްރޫއުގެ ފްލެޓް ލިސްޓުން ނަން އުނިވި މީހެއްގެ މައްސަލާގައި ކޯޓަކުން އެފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުން ހެދުމަށް ފަހު އެތަން ވަނީ ފަހުން އާންމު ކުރި ފްލެތް ލިބުނު މީހުންނާ ހަވާލުކޮށްފައެވެ. އެ ގޮތުން ފްލެޓް ލިބުނު ބައެއް މީހުން އެތަނަށް ދިރިއުޅުން ބަދަލުކޮށްފައި ވާ އިރު އަނެއް ބަޔަކު އަންނަނީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
ޙުކުމަށް ތާއީދު ސަރުކާރުން އިއުލާން ކޮށްގެން ފުލެޓައް ކުރިމަތިލާ ހޮވުމުން އަދި ފުލެޓް ލިބުނުކަމުގެ ސައްހަ ލިއުން ގަބޫލު ކުރަން ޖެހޭނީ. ޢެހެނީ އޮޅުވާލި ބަޔަކު ޖަލައް ދާންޖެހޭނީ. ސަރުކާރެއް ކަމަކު ކުޅިވަރެއް ނުކުޅެވޭނެ. ޢަދި ވޭތުވެދިޔަ ތަނުގައި ފުލެޓެއް ލިބުނުޙާ އެންމެން އަލުން ރިވިއުކޮށް މުޅި ހުޅުމާލެ އަލުން ފުލެޓައް ހުލުވާލަންވީ. 3000 ހާހެންހާ މީހުން އެބަތިބި މި ލިއުން ލިބިފަ މީ 20000 ހާސް އާއިލާ އެހެންވީމަ. ކުރީގެ ސަރުކާރެއް މިސަރުކާރެއް ނޯންނާނެ އިންސާފް ޤާއިމް ކޮދޭންވީ މިހާރުން މީހާރަށް. ނޫނީ މިކަންތައް ވެވޭވަރު ބަޔަކާ ސަރުކާރެއް ހަދަން ފުރުސަތު މަޖުލީހުން ރަައްޔިތުންނައް ދޭންވީ..